ރެޑްބުލް ވިނިންގް ފައިވް -އޭދަފުށި . ޗެންޕިއަންކަން ކައްކަނި ހޯދައިފި

viber_image_2019-05-24_16-49-31.jpg

ރެޑްބުލް ވިނިންގް ފައިވް އޭދަފުށީ ޗެންޕިއަން ޓީމް ކައްކަނި / އީވީ ފޮޓޯ: ޒިންޓޭ

ރެޑްބުލް ވިނިންގް ފައިވް ފުޓްސަލް އޭދަފުށި މުބާރާތުގެ ޗެންޕިއަންކަން ޓީމް ކައްކަނި ހޯދައިފިއެވެ.

8 ޓީމް ވާދަކުރި މިމުބާރާތުގެ ޗެންޕިއަންކަން ކައްކަނި ހޯދީ ރޭ އޭދަފުށި ފުޓްސަލް ދަނޑުގައި ޑައުންޓައުންއާ ކުޅެ ފުރިހަމަވަގުތުގައި އެއްވަރުވެގެން ގޯލްޑަންގޯލަށްކުޅެ 1-0ގެ ނަތީޖާއަކުންނެވެ. ގޯލްޑަންގޯލް ކާމިޔާބުކޮށްދިނީ ކައްކަނި ޓީމްގެ އަލީ ނަސީރެވެ. މުބާރާތުގެ ރަނައަޕް ކަން ހޯދީ ޑައުންޓައުންއެވެ.

ރެޑްބުލް ވިނިންގް ފައިވް ރަނައަޕް ޑައުންޓައުން ޓީމް / އީވީ ފޮޓޯ: ޒިންޓޭ

ރޭ ފަށައި، ނިމުނު މުބާރާތުގެ ޗެންޕިއަންކަން ހޯދުމާގުޅިގެން ކައްކަނި ޓީމްވަނީ ރެޑްބުލް ވިނިންގް ފައިވް މާލޭ މުބާރާތަށް ކޮލިފައިވެފައެވެ. 20 ޓީމެއް ވާދަކުރާ މިމުބާރާތުގެ މާލޭބުރު ކާމިޔާބު ކުރާ ޓީމަށް ބައިލައްކަ ރުފިޔާ ލިބޭނެއެވެ.

އޭދަފުށީގައި އަލަށް ރެޑްބުލް ވިނިންގް ފައިވް ބޭއްވުމުގައި ހަރަކާތްތެރިވި ވެލާ ސްޕޯޓްސްގެ އޮފިޝަލް އާޒިމް އަބްދުއްސައްތާރު ބުނީ ރެޑްބުލްގެ މިފަދަ އިތުރު މުބާރާތްތައް އޭދަފުށީގައި ކުރިޔަށް އޮތްތާގައިވެސް ބާއްވާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top