ރައްޔިތުންގެ އަޑު : ދާއިރާގެ ރައްޔިތުންގެ ގާތަށް ވަޑައިނުގަންނަވަނީ ކީއްވެގެންތޯ ؟

DSCN0597.jpg

އެމްޕީ ސަލީމަށް އޭދަފުށީގެ ޒުވާނުންކޮޅެއް މަރްހަބާ ދަންނަވަނީ - ފޮޓޯ : އީވީ

މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުއަށެވެ.

ސުވާލު : ދާއިރާގެ ރައްޔިތުންގެ ހާލު ބެއްލެވުމަށާއި ދާއިރާގެ ބޭނުންތައް އެއްސެވުމަށް ދާއިރާގެ ރަށްތަކަށް ސަލީމު ވަޑައިނުގަންނަވަނީ ކީއްވެގެންތޯ ؟

ސަލީމު ވިދާޅުވަނީ : އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންގެ ހާލު ބެލުމަށް ރައްޔިތުންގެ ގާތަށް ސީދާ ނުދިޔަ ނަމަވެސް ރައްޔިތުންގެ ހާލު ގާތުން ބަލަމުން ގެންދަން. ދާއިރާގެ ބޭނުންތައް ވެސް ގެންދަނީ ބަލަމުން. އެނގިވަޑައިގަންނަވާނެ. މިއަދުގެ ދުނިޔެއަކީ އިއްޔެއާ ވަރަށް ތަފާތު ތަނެއް. އަޅުގަނޑު ގޭގައި އިނދެގެން މުޅި ދުނިޔެވެސް ބަލައިލެވޭ ފެންވަރަށް މިއަދު ދުނިޔެ ކުރިއަރާފައިވާ އިރު ދާއިރާގެ ހާލު އަހުވާލު ބެލުމަކީ އުދަނގޫ ކަމެއް ނޫން. އެގޮތުން ކޮންމެ ދުވަހަކީވެސް ދާއިރާގެ އެތައް ބަޔަކު އަޅުގަނޑާ ސީދާ ބައްދަލުވުމުގެ އިތުރުން ފޯނުންނާ ސޯޝަލް މީޑިއާގެ ޒަރީއާއިން ވާހަކަ ދެކެވި ދާއިރާގެ ކަންކަން ހިނގަމުން އަންނަ ގޮތް އޮޅުން ފިލުވާ ޚިޔާލު ބަދަލު ކުރެވެމުންދާ ދުވަހެއް. ހަމަ އެފަދައިން ދާއިރާގެ ރަށްތަކަށް ބޭނުންވާ ތަރައްގީއާ އަސާސީ ކަންކަން ފުރިކަމަކޮށްދީ އެފަދަ ކަންކަން އަވަސް ކުރުމަށް ސަރުކާރާ އެކު މަޝްވަރާ ކޮށް ޕްރޮޖެކްތްތައް ހިނގާ ނުހިނގާ ގޮތްވެސް ބަލަމުން ގެންދަން. މީގެ ހެްކެއް އެންމެ ފަހުން މިދިޔަ ހަފްތާގައި އެވަނީ މާޅޮހާއި އޭދަފުށީގައި އާ ދެޕްރޮޖެކްޓް ހިންގުމުގެ ކަންތައް އިއުލާނު ކުރައްވާފައި. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދާއިރާގެ ރަށްތަކަށް ގޮސް ރައްޔިތުންނާ ބައްދަލު ނުކުރިނަމަވެސް މާލޭގައި ހުރެގެންވެސް ކޮންމެ ދުވަހަކުވެސް މިދަނީ ދާއިރާގެ އެކި ފަންތީގެ މީހުންނާ ބައްދަލުކޮށް ދާއިރާގެ ތަރައްގީއާ ކުރިއެރުމަށް މަސައްކަތް ކުރަމުން.

ޖަވާބުދެއްވީ: އަހްމަދު ސަލީމް

ރައްޔިތުންގެ އަޑު މި ކޮލަމަށް ސުވާލެއް ފޮނުއްވަން ބޭނުންފުޅުނަމަ މެއިލް ކުރައްވާނީ: [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top