ކިހާދުމޯލްޑިވްސް , ރީބްރޭންޑް ކުރުމަށްފަހު ހުޅުވައިފި

Kihaad-Beach-2.jpg

ކިހާ މޯލްޑިވްސް ރިސޯޓް - ފޮޓޯ ޓްރެވަލް ޕާސް މޯލްޑިވްސް

ބ.ކިހާދުއްފަރުގައި ހިންގަމުންއައި ކިހާދު މޯލްޑިވްސް ރިސޯޓްގެ ނަން ބަދަލުކޮށް އާ މެނޭޖްމަންޓަކާ އެކު އެރިސޯޓް ހިންގަން ފަށައިފިއެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ކޮރަލް އައިލެންޑް ރިސޯޓް މޯލްޑިވްސްގެ ފަރާތުން ހިންގާ މި ރިސޯޓް ރީ ބްރޭންޑް ކުރުމަށްފަހު މިހާރު އެރިސޯޓްގެ ނަމަކީ “ކިހާ މޯލްޑިވްސް “އެވެ.

ކިހާ މޯލްޑިވްސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޒަހީން އޭނާގެ ލިންކްޑް އިން އެކައުންޓުގައި ވިދާޅުވީ ކިހާދުއްފަރުގެ އޮޕަރޭޝަންސްތައް މިހާރު އަލުން ފަށާފައިވާ ކަމަށާއި، އަލުން ޚިދުމަތް ދޭން ފެށީ ތަޖުރިބާކާރު މުވައްޒަފުންނާ އެކު ކޮލިޓީ ސާވިސް ދިނުމަށް ކަމަށެވެ.

ކިހާ މޯލްޑިވްސްއަކީ ވަށައިގެން ރީތި ފަޅެއް އޮންނަ 124 ވިލާ ހުންނަ ރިސޯޓެކެވެ.

އެ ރިސޯޓު ރީބްރޭންޑު ކުރުމަށްފަހު އަދި ހިންގަނީ ޕްރީ އޯޕަން ކޮށްގެންނެވެ. ރަސްމީކޮށް ރިސޯޓު ހުޅުވުން އޮތީ ފަހުގެ ތާރީޚެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top