ވެކޭޝަންސްއެކްސްޕޯގެ ބައިވެރިންނަށް ހަނިފަރު ބަލާލުމުގެ ފުރުސަތު ހިލޭ

index2.jpg

އެވޭލާ މަންތާ ވިލެޖް. ދަރަވަންދޫ

އަންނަ އޯގަސްޓްމަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ “ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ބ.އަތޮޅުގައި އޮންނަ ހަނިފަރު ބަލައިލަން ދިއުމުގެ ފުރުސަތު ބ.ދަރަވަންދޫގައި ހުންނަ އެވޭލާ މަންތާ ވިލެޖް ގެސްޓްހައުސްގެ ފަރާތުން ހިލޭ ދޭ ގޮތަށް ނިންމައިފިއެވެ.

ޗުއްޓީ ހޭދަކުރަން ރާއްޖެއާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ހުރި ފުރުސަތުތައް އަންގައިދިނުމުގެ ގޮތުން ބާއްވާ ފެއަރއެއްކަމުގައިވާ “ވެކޭޝަންސް އެކްސްޕޯ2016” ގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި “އެވޭލާ މަންތާ ވިލެޖް” ވެސް ހިމެނެއެވެ.

ފެއަރ އިންތިޒާމުކުރާ ހައިރައިޒް އިން ބުނީ ފެއަރ ކުރިއަށްދާ ތިންދުވަހު ކޮންމެ ރެއަކު ގުރުއަތުން ހޮވޭ ދެމީހަކަށް ބ.އަތޮޅުގައި އޮންނަ ހަނިފަރު ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެ ކަމުގަ އާއި   ގުރުއަތުން ދޭ ތިން ޕެކެޖްގައި ދެރޭގެ ހުރުމާއި ދަރަވަންދޫ ދެކޮޅު ޓިކެޓް ހިމެނޭނެ ކަމުގައެވެ.

ބ. އަތޮޅުގައި އޮންނަ ހަނިފަރު ސަރަހައްދަކީ ދުނިޔޭގެ ނިސްބަތުން ބެލިކަމުގައި ވިޔަސް ގުދުރަތީ ވަސީލަތްތަކާއި ދިރޭ ތަކެތީގެ މުއްސަނދިކަން ލިބިފައިވާ އަދި އެންމެ ގިނައިން ފެހުރިހި ވިހާ ބޮޑެތިވެ އެންމަޑިވެސް ގިނަ އަދަދަކަށް އުޅޭ ސަރަަހައްދެވެ. މީގެ އިތުރުން އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތްތަކުގެ މުރަކައާއި އެނޫން ދިރޭ ތަކެތިވެސް އުފެދި އާލާ ވާތަނެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު މި ސަހަހައްދު ބަލައިލުމަށް ޒިޔާރަތްކުރަމުން އާދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top