ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށަހަޅައިފި

063-Majlis-Falah-850x548-1.jpg

ކައުންސިލަރުންގެ އަދަދު މަދުކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މިއިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

ބިލުގައި ވަނީ 2،000 އަށް ވުރެ ބޮޑު އާބާދީ ހިމެނޭ ރަށްތަކަށް ފަސް ކައުންސިލަރުން އަދި 2،000 އަށް ވުރެ ކުދި އާބާދީގެ ރަށްތަކަށް ތިން ކައުންސިލަރުން ހޮވާ ގޮތަށް ހިމަނާފަ އެވެ.

މިހާރު އޮންނަ ގޮތަކީ 3000އަށް ވުރެ ބޮޑު އާބާދީގެ ރަށްރަށުގައި ހަތް ކައުންސިލަރުންނެވެ. އަދި އެއަށް ވުރެ ކުޑަ އާބާދީގެ ރަށްރަށުގައި ފަސް ކައުންސިލަރުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top