ދަރިވަރުންގެ ކާޑު ލިމިޓު 1200 ޑޮލަރަށް ބޮޑުކޮށްފި

large_166116044224vKHi.png

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކާޑު ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ނިންމައިފިއެވެ.

އެ ކަން ހާމަކޮށް ބީއެމްއެލްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލާއެކު ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އަންނަ މަހުން ފެށިގެން ކޮންމެ މަހަކު ވެސް ޑެބިޓް ކާޑުން 1،200 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށެވެ.

އާ ބަދަލާއެކު ބީއެމްއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ދަރިވަރުން ބޭންކުގައި ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. އަދި ބޭރުގައި ކިޔަވާ ދަރިވަރެއްކަން އަންގައިދޭ ލިޔެކިޔުން ވެސް ހުށަހަޅަން ޖެހޭނެއެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު ތަފްސީލް ހާމަކުރާނެ ކަމަށް ބޭންކުން މައުލޫމާތު ދިނެވެ.

މި ކަމާ ގުޅިގެން ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ޑޮލަރު ލިބުމުގައި ދަތިތައް އަދިވެސް ހުރި ނަމަވެސް، ޑޮލަރު ލިމިޓް ކުޑަވުމުން ދަރިވަރުންނަށް ވެސް ދަތިތަކާ ދިމާވާކަން ބޭންކުން ދަންނަ ކަމަށެވެ.

ބޭންކުން ބުނީ، ކުރިއަށްހުރި ދުވަސްތަކުގައި ޑޮލަރުގެ ހާލަތަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އިތުރު ބަދަލުތައް ގެންނަ ނަމަ އެ ކަންކަން ހާމަކުރާނެ ކަމަށެވެ.

ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް މިހާރު އޮތީ 750 ޑޮލަރާ ހަމައިގައެވެ. މި ބަދަލަކީ މިއަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން ގެންނާނެ ކަމަށް ސަރުކާރުން މިދިޔަ ޑިސެމްބަރު މަހުގެ 25ގައި ހާމަކުރި ބަދަލެކެވެ. ނަަމަވެސް އެކަން ތަންފީޒު ކުރެވޭ ގޮތެއް ނުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top