ފައިނަލްމެޗް ޝަރަފްވެރި ކޮށްދެއްވުމަށް ރާއްޖޭގެ ނާއިބު ރައީސް އޭދަފުއްޓަށް

391904_3_4aa82aeb03c6c8146047f84cf41f7eb6f962ebfa_large.jpeg

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް --ފޮޓޯ: ރައީސް އޮފީސް

އޭދަފުށީ ކައުންސިލުން އިންތިޒާމްކޮސްން މިހާރު އޭދަފުށީގައި ކުިއަށް ގެންދާ އޭދަފުށި ކަޕްގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވުމަށް ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު އޭދަފުއްޓަށް ވަޑައިގަންނަވާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށިކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45 ގައެވެ.

ރައްޔިތުންގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރެއްވުން ފަހަށް ޖައްސާލައި ކުޅިވަރަށް ހުރިހާ ހަކަތައެއް ހުސްކުރަމުން ގެންދާ އޭދަފުށި ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ނައިބު ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާނީ މިއަދު ހަވީރު 3:00 ގައެވެ.

މިއީ އެމަނިކުފާނު ނައިބު ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އޭދަފުއްޓަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ނައިބު ރައީސަށް މަރުހަބާ ދެންނެވުމަށް ވީހާގިނަ ބަޔަކު އެގަޑިއަށް ރަސްމީ ފާލަމާ ހަމައަށް ވަޑައިގަތުމަށް ކައުންސިލުން ވަނީ ދައުވަތު އަރުވާފަ އެވެ.

މި މަހުގެ 5 ވަނަ ދުވަހުންފ ފަށައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހަ ޓީމަކުން ބައިވެރިވި އެވެ. މުބާރާތުގެ ފައިނަލުގައި ބައްދަލުކުރަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް އާއި އިރުމަތި އެފްސީއެވެ.

ފައިނަލް މެޗަށް އޭދަފުށީ ސްޓޭޑިއަމްގެ ސިޑިބަރިން ވިއްކުމަށް ހަމަޖެހިފައިވާ 908 ޓިކެޓް އިއްޔެ ވިއްކަން ފެށިތާ ދެ ގަޑިއިރު ތެރޭގައި ވަނީ ވިކި ހުސްވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top