ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހަދައިފި

b_3fFLPTaPPalWdPglku3xnicec.jpg

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް އެފަދަ ހުރިހާ ސައިޓެއް ބްލޮކް ކޮށްފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ރެއިން ފެށިގެން ރާއްޖެއިން އާންމުކޮށް ވަންނަ ބަރަހަނާ ވެބްސއިޓްތައް ބްލޮކް ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާ ތެރޭގައި އިސްލާމިކް މިނިސްޓްރީން ވަނީ ބަރަހަނާ ސައިޓުތައް ބްލޮކްކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް އަންގައިފައެވެ.

މިފަދަ ވެބްސައިޓްތަކަށް ނުވަދެވޭނެ ގޮތް ހަދާނެ ކަމަށް ކޮންމެ ސަރުކާރަކުންވެސް ބުނެ އެވެ. ނަމަވެސް މީގެކުރިން މިފަދަ ފިޔަވަޅެއް އަމަލީ ގޮތުން އަޅާފައެއް ނުވެ އެވެ.

ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހެދިއިރު ސަރުކާރުން ރަސްމީކޮށް އަދި މިކަމުގައި ވާހަކައެއް ނުދައްކަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top