ލައިޓްތައް ބޭނުންވާ މީހުން ނަންނޯޓްކުރުމަށް ހުޅުވާލައިފި

timthumb.php_.jpg

ޗައިނާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ލެޑްލައިޓް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ފެނަކަ އޭދަފުށީ ބްރާންޗުން މިއަދު ނެރެ އާއްމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ލައިޓްތަކަށް އެދޭ ފަރާތްތަކުން ނަންނޯޓް ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މާރޗް 20ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމުގައެވެ. މިލައިޓްތައް ދޭން ނިންމާފައިވަނީ ވަކިން ކަރަންޓް މީޓަރެއް ލާފައިވާ ކޮންމެ ގޭބިސީއަކަށް ފަސް ލައިޓް މަގުންނެވެ.

މިކަމަށް އެދޭ ގެތަކުން އެގޭބިސީއަކަށް ނިސްބަތްވާ މީހަކު އައިޑީ ކާޑުގެ ކޮޕީއަކާއެކު ފެނަކަ އޭދަފުށީ ބްރާންޗަށް ހާޒިރުވެ ނަންނޯޓް ކުރެއްވުމަށް އެއިއުލާނުގައި ބުނެފައިވެއެވެ. ނަންނޯޓްކުރުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30ން  ފެށިގެން 3:00 އާހަމައަށެވެ.

ޗައިނާ ސަރުކާރުންވަނީ ދިވެހި ރައްޔިތުންނަށް 210000 ލެޑްލައިޓް ހަދިޔާ ކުރައްވާފައެވެ. އެލެޑްލައިޓްތައް ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް އެންވަޔަރަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ތިން ކުންފުނިކަމުގައިވާ ފެނަކައާއި ސްޓެލްކޯ އަދި އެމްޑަބްލިޔޫއެސްއޭ އަށެވެ.
މި ތިންކުންފުންޏާ އެކަން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަން މިނިސްޓަރ ވިދާޅުވީ ޗައިނބާގެ މި އެހީގެ ސަބަބުން ރާއްޖޭގެ ގޭބިސީތަކުގެ ކަރަންޓްޚަރަދު ކުޑަވެގެންދާނެކަމަށާއި ރާއްޖޭގެ މީހުންދިރިއުޅޭ ކަރަންޓް މީޓަރެއް ހުންނަ ކޮންމެ ގެއަކަށްވެސް ފަސްލައިޓް ދޫކުރުމަށް ނިންމަވާފައިވާ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top