ދޭލިޔާގޭ މުހައްމަދު ލަތީފު ނިޔާވެއްޖެ!

DSCN3500.jpg

ބ.އޭދަފުށީ ދޭލިޔާގޭ މުހައްމަދު ލަތީފު (57 އ.) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ލަތީފު ނިޔާވި މިރޭ ދެނަމާދު ދޭތެރޭގެ ވަގުތެއްގައެވެ.

ލަތީފުގެ ކުއްލި މަރާގުޅިގެން އާއިލާ އިން ބުނީ އޭނާ މިރޭ ދެނަމާދު ދެތެރޭގައި ފާހާނާ އަށް ވަދެ ގިނައިރު ވުމުން ބަލައިލި އިރު އޮތީ ފާހާނާ ތެރެއަށް ވެއްޓިފައި ކަމަށެވެ. ވަގުތުން ބ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވިޔަސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށެވެ.

އެންމެންނާވެސް ގުޅޭ، އެކުވެރި ހިތްހެޔޮ މިޒާޖެއްގެ ލަތީފު ނިޔާވިއިރު ވަޒީފާ އަދާކުރައްވަނީ ބ.އަތޮޅު ކައުންސިލު އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ މަގާމުގައެވެ. އެއީ އޭނާގެ ފުރަތަމަ އަދި ފަހުގެ ވަޒީފާވެސް މެއެވެ. އެވަޒީފާގައި އޭނާވަނީ އުމުރުން 20 އަހަރުން ފެށިގެން މެނުކެނޑި 37 އަހަރު ހޭދަކުރައްވާފަ އެވެ.

މިހާ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކުރައްވާފައި ވާތީ އޭނާއަށް ވަނީ ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އިނާމުވެސް ލިބިވަޑައިގެންފަ އެވެ.

ލަތީފު ނިޔާވިއިރު އަނބިކަނބަލަކާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.

ލަތީފުގެ ކަށުކަމާކެމީގެ ކަންތައް މިހާރު ކުރިއަށް ދާއިރު ކަށުނަމާދު ކުރާނެ ވަގުތެއް އާއިލާއިން އަދި އިއުލާނު ނުކުރެ އެވެ.

އީވީ އާއި ވެސް ގާތް އެކުވެރި މުހައްމަދު ލަތީފުގެ ކުއްލި ވަކިވުމަކީ އެއާއިލާގެ އިތުރުން މުޅި އޭދަފުއްޓަށްވެސް ލިބުނު ފުން ހިތާމަ އެކެވެ. މި ހިތާމައިގާ ބައިވެރިވެ އީވީގެ ފަރާތުން އާއިލާ އަށް ތައުޒިޔާ ކިޔަމު އެވެ. މުހައްމަދު ލަތީފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top