11 ގައުމަކުން މަންކީޕޮކްސް ފެނިއްޖެ!

400x225_cmsv2_2f51ed24-532f-5489-adc9-ade9a84bc181-6689312.jpg

11  ގައުމަކުން މަންކީޕޮކްސް ފެނި 80 އަްސ ވުރެ ގިނަމީހުންނަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ، ކުރިއަށްއޮތް ތަނުގައި މި ބަލި ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މަންކީޕޮކްސް އަށް ޝައްކު ކުރެވޭ އިތުރު 50 ކޭސް އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މަންކީޕޮކްސް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ، ސްވިޑެން، ސްޕެއިން، ޕޯޗުގަލް، އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ.

މޮންކީޕޮކްސްއަކީ އާންމު ގޮތެއްގައި އާދައިގެ ވައިރަލް ބައްޔެކެވެ. މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމުގެ އަލާމާތްތަކުގެ އިތުރުން ގައިގެ އެކި ތަންތަން ކަހައި ހިރުވުން ހިމެނެއެވެ.

ބަލި ޖެހޭ މީހުން ވެސް މަދު ހަފުތާ ތަކެއްގެ ތެރޭގައި ބަލިން ފަސޭހަ ވާކަމަށް އިނގިރޭސި ވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް އިން ބުނެ އެވެ. ވައިރަހަކުން އުފެދޭ ބައްޔަކަށް ވެފައި ގައިން ގަޔަށް ބައްޔަކަށް ނުވާތީ މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަ އެވެ.

މަންކީޕޮކްސް އަށް ޚާއްސަ ވެކްސިނެއް މިހާތަނަށް އުފެއްދިފައި ނުވިނަމަވެސް ސްމޯލް ޕޮކްސް ވެކްސިން ދިނުމުން މަންކީޕޮކްސް ބަލީގެ 85 ޕަސެންޓް މީހުންނަށް ރައްކާތެރިކަން ލިބެ އެވެ.

އިނގިރޭސި ވިލާތުން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ރިޕޯޓްކޮށްފައި ވަނީ މި މަހު 7 ވަނަ ދުވަހު އެވެ. އެއީ ދާދި ފަހުން ނައިޖީރިއާ އަށް ދަތުރުކުރި މީހެކެވެ. ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީން ބުނީ އެ މީހާ އަށް ވައިރަސް އަރާފައި ވަނީ ނައިޖީރިއާ އިން ކަމަށް ބެލެވޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top