މާލެއިން ފުރާ ލޯންޗް ފެރީތައް އަލުން އެމްއެމްއޭ ކުރިމައްޗަށް

male-02.jpg

މާލެއިން ލޯންޗު ފެރީތައް ފުރާ ސަރަހައްދު ބަދަލުކުރުމުން، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ބޮޑުވެފައި ވާތީ، ކުރިން އޮތް ގޮތަށް އެމްއެމްއޭ ކުރިމަތިން ލޯންޗު ފެރީތައް ލަފާފުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރިން ބުނީ ނަސަންދުރާ ކުރިމައްޗަށް ލޯންޗުތައް ފުރަަން ހަމަޖެއްސީ ކުރިން އޮތްގޮތުން އެމްއެމްއޭ ކުރިމައްޗާއި ބާރާޒުމަތި ކައިރިވުމުން އެ ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް ޓްރެފިކް ބާރުބޮޑުވެ، އާންމުންނަށް އުނދަގޫތަކާ ކުރިމަތިވަމުން ދާތީ އެ މައްސަލަ ހައްލު ކުރުމަށެވެ.

ނަމަވެސް ލޯންޗު ފެރީތައް ފުރާ ސަރަހައްދަށް ފަހުން ގެނައި ބަދަލު އުވާލައި، ކުރިން އޮތް ގޮތަށް އެމްއެމް އޭ ކުރިމައްޗަށް ބަދަލުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެ ބަދަލު ގެންނަން ޖެހުނީ އެމްއެމްއޭ ސަރަހައްދަށް ބާރު ބޮޑުވާތީ ކަމަށް ވިޔަސް، އެ ބަދަލާ އެކު ކުރިއަށް ވުރެ ވެސް ބާރުބޮޑުވިކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

އެމްއެމްއޭ ކުރިމަތިން ރަށްރަށަށް ފުރާ ލޯންޗު ފެރީތަކުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން އެ އުޅަނދުތަކަށް ނަސަންދުރާ ކުރިމަތީ ޖެޓީ ހަމަޖެއްސި ނަމަވެސް އެތަން ބޭނުން ނުކޮށް ބަނދަރުގެ އެކި ސަރަހައްދުތަކަށް ކައިރިކުރަން ފެށުމުން ޓްރެފިކްގެ މައްސަލަ އިތުރަށް ބޮޑުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top