ޔުކްރޭންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެންނަން އަންގަވައިފި

big_fXY2ZZTCNFDQWqnWTmr9GbjK2.jpeg

ރައީސް ސޯލިހް: ޔޫކްރެއިންގައި ތިބި ދަރިވަރުން ގެންނަން ރައީސް ވަނީ އަންގަވާފައި

ހަނގުރާމައެއްގެ ވިލާގަނޑު ނަގާ ބޯމަތިވެފައިވާ ޔުކްރޭންގައި ތިބި ދިވެހި ކިޔަވާކުދިން އަނބުރާ ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.

ޔުކްރޭންގައި ތިބި ފަންސާހަކަށް ދަރިވަރުންގެ ތެރޭގައި އޭދަފުށީގެ ދަރިވަރުން ވެސް ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ ޔުކްރޭންގައި ދިރިއުޅޭ ދަރިވަރުން ރާއްޖެ އަނބުރާ ގެނައުމަށް ރައީސް ސޯލިހް އެންގެވުމާއި ގުޅިގެން އެ މަސައްކަތް ފޮރިން މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ޔުކްރޭނާއި ރާއްޖެއާއި ދެމެދު ފްލައިޓްތައް އޮޕަރޭޓްކުރަމުންދާ ކަމަށާއި ރާއްޖޭގެ ބޯޑަރު ވެސް ހުރީ ހުޅުވާފައި ކަމަށެވެ. އެހެންކަމުން ރާއްޖެ އަންނަ ބޭނުންވާ ދިވެހިންނަށް އަނބުރާ އައުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދިވެހި ރައްޔިތުން، އެ މިނިސްޓްރީ އާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓްރީވުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

ދިވެހި ދަރވަރުން އުޅެނީ ރަޝިޔާގެ ބޯޑަރާ އެންމެ ކައިރި ސިޓީގައެވެ. އެހެންވެ އެ ދަރިވަރުންނާއި އާއިލާތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

ރަޝިއާއި ހުޅަނގުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއްދީ އެ ގައުމަށް އަރައިގެންފާނެ ކަމަށް ހުޅަނގުގެ މީޑިއާތަކުން ދަނީ ކެނޑިނޭޅި ރިޕޯޓްކުރަމުންނެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ގެންދަނީ ޔުކްރޭންގައި ތިބި އެހެން ގައުމުތަކުގެ މީހުން މިވަގުތު ޔުކްރޭނުން ފޭބުމަށްވެސް އިލްތިމާސް ކުރަމުންނެވެ.

ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ ރަޝިއާގެ ފައުޖުތައް މިވަގުތު ތިބީ ރަޝިއާ އާއި ޔުކްރޭން ގުޅޭ ބޯޑަރުގައި ހަނގުރާމަވެރި ހާލަތުގަ އެވެ. ރަޝިއާ ސިފައިން ދަނީ އެ ސަރަހައްދުގައި ހާއްސަ ތަމްރީންތަކެއް ވެސް ހަދަމުންނެވެ.

ރަޝިއާ އިން ޔުކްރޭނަށް ހަމަލާދީ އެ ގައުމު ހިސޯރުކުރަން އުޅޭ ކަމަށް އެމެރިކާ އިން ފަތުރާ ހަބަރުތައް ރަޝިއާ އިން ދަނީ ދޮގުކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top