އޭދަފުށީ ކައުންސިލުގެ މި އަހަރު ބަޖެޓް، 22މިލިޔަނަށްވުރެ ގިނަ

ކައުންސިލް.jpg

އޭދަފުށީ ކައުންސިލް އިދާރާ

އޭދަފުށީ ކައުންސިލުގެ މިއަހަރުގެ ބަޖެޓަށް 22.8 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ކަނޑައަޅައިފިއެވެ.

ރޭ އޭދަފުށީ ކައުންސިލުގެ އިދާރާގައި ބަޖެޓް ފާސްކުރުމަށް ބޭއްވި ޖަލްސާގައި މި ބަޖެޓް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހަ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ބަޖެޓާ ބެހޭ މައުލޫމާތު ހާމަކުރަމުން ކައުންސިލުން ވިދާޅުވި ގޮތުގައި ކައުންސިލުގެ ބަޖެޓުގައި ހިމަނާފައިވަނީ 2022ވަނަ އަހަރަށް ދައުލަތުގެ ގްރާންޓުގެ ދެއްވި 12،780،737ރުފިޔާ އާއި ރަށު ކައުންސިލުގެ އާމްދަނީން ލިބުނު7،536،886ރުފިޔާގެ އިތުރުން ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި ލިބިފައިވާ 2،544،000 ރުފިޔާ އާއެކު ޖުމްލަ ،22،861،303 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ގްރާންޓުގެ ގޮތުގައި ދެއްވި ފައިސާގެ ފަސް ޕަސެންޓަށްވާ 607،070 ރުފިޔާ ރިޒާވް ގޮތުގައި ބެހެއްޓުމަށްވެސް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

އޭދަފުށީ ކައުންސިލުން މިހާވަރުގެ ބޮޑުބަޖެޓެއް މިއަހަރަށް ފާސްކޮށްފައިވާއިރު ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފަހި ކޮށްދިނުމުގައި ކައުންސިލަރުން ނުކުޅެދިފާއިވާ ވާހަކަ އާއި މަސައްކަތުގެ ސްޕީޑް މިހާރަށްވުރެ ބާރުކޮށް އާޚިޔާލުތަކާއެކު ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދޭން ޖެހޭ ކަމަށް ރައްޔިތުން ދަނީ ތަކުރާރުކޮށް އެވާހަކަ ދައްކަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top