އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

300127_4_0c77f6a91175121086bdf376276d8eb278acb183_large.jpg

އައްޑޫ ހައި ސްކޫލްގެ ދަރިވަރުން ކޮޅެއް އޭލެވެލް އިމްތިހާނު ހަދަނީ

މިއަހަރުގެ އޭލެވެލް އިމްތިހާނުގެ ނަތީޖާ އިއްޔެ ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ބުނީ، އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް ރިޒަލްޓް މިއަދުން ފެށިގެން އެކުއްޖަކު އިމްތިހާނު ހެދި ސެންޓަރަކުން ދޫކުރަމުން ގެންދާނެ ކަމަށެވެ.

ރާއްޖެއިން 2021 ވަނަ އަހަރު އޭލެވެލް އިމްތިހާނު 2،700 ދަރިވަރުން އެޑެކްސެލް އިމްތިހާނު ހަދާފައިވާ އިރު، 14 ސްކޫލަކުން 74 ދަރިވަރަކު ޓީޗާ ބޭސްޑު އެސެސްމަންޓު ވަނީ ހަދައިފައެވެ.

ކޮވިޑު-19ގެ ސަބަބުން އޭލެވެލް އިމްތިހާންތައް ފަސްކުރުމަށްފަހު އިމްތިހާނު ބާއްވަން ފުރަތަމަ ނިންމީ މިދިޔަ އަހަރު މޭ/ޖޫންގައެވެ. ނަމަވެސް އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިމްތިހާނު ކުރިއަށް ނުގެންދިއުމަށް ނިންމައި މެދުކަނޑާލައިފައެވެ.

ޕޭޕަރުތައް ލީކުވުމާ ގުޅިގެން އެޑެކްސެލްއާ މަޝްވަރާކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ހުށަހެޅީ ދެ ގޮތެކެވެ.

އެއީ ދަރިވަރުން ބޭނުންނަމަ އޭޕްރިލް/މެއި އިމްތިހާނުން ވަކިވެ އޮކްޓޯބަރު/ނޮވެމްބަރުގެ އިމްތިހާނަށް ބަދަލުވުމާއި ޓީޗާ ބޭސްޑް އެސެސްމެންޓަކުން ގްރޭޑްތައް ކަނޑައަޅާ ކިޔެވުން ނިންމާލުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top