މެޖިސްޓްރޭޓް އަހުމަދު ލަތީފުގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

b_sP6STWdAKBjUN8rY2fpn5OriL.jpg

ޖޭއެސްސީގެ ރައީސާ ހިސާން ހަސަން، ނައިބު ރައީސް މަސްތޫރު އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު --- ވަން ފޮޓޯ: މުހައްމަދު އައުޒަމް

ބ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް، އަހުމަދު ލަތީފުްގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް ސާވިސް (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، އެ ކޮމިޝަންގެ ގާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފުގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަ ތަހުގީގު ކޮށްފައިވާ ކަމަށެވެ.

ތަހުގީގަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި، އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފުގެ މައްޗަށް އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސް ދީފައި ވަނީ 2019 ނޮވެންބަރު 26 ވަނަ ދުވަހުއެވެ.

އަހުމަދު ލަތީފްގެ މައްޗަށް ބަލަމުން ދިޔަ މައްސަލައަކީ ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޖިނާއީ ފަސް މައްސަލައެއްގައި ހިމެނޭ ހަސްމަކާ އޮންނަ ގުޅުމަކާ ގުޅިގެން އިސް ލަތީފް މައްސަލައިން ތަނާޒުލް ވެފައިވާ މައްސަލަ އެކެވެ.

ޖޭއެސްސީން ބުނީ ހަމަ އެ ހަސްމާ ގުޅޭ ގޮތުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ބަލައިފައިވާ ކަމަށެވެ. އެއީ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއް ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top