ސޯސަން ފިހާރައަށް ފަހު ”ސޯސަން ބަނދަރު“ ހުޅުވައިފި

d65c824e-a3a4-4de8-92c7-ffd859c77cb9-1536x1024.jpeg

ސޯސަން ބަނދަރު ފިހާރަ

އޭދަފުށީގެ އާއިލާއަކުން މާލޭގައި ވިޔަފާރި ކުރުމަށް އުފަން ކުރި އެކްސްޕޯ އިންވެސްޓްމަންޓް ކުންފުނީގެ ކުޑައިގެ ދަށުން އަނެއްކާވެސް އާ ފިހާރައެއް ހުޅުވައިފިއެވެ.

”ސޯސަން ބަނދަރު“ގެ ނަމުގައި މާލޭގެ ބާޒާރުމަތީގެ ބޮޑުތަކުރުފާނު މަގުގައި ހުޅުވާފައިވާ މި ފިހާރަ ޚާއްސަ ކޮށްފައިވަނީ ހޯލްސޭލް މުދާ ވިއްކާ ފިހާރައެއްގެ ގޮތުގައެވެ.

އެކްސްޕޯ ކުންފުނިން މައުލޫމާތު ދިން ގޮތުގައި މިފިހާރަ ހުޅުވާފައިވަނީ ރާއްޖެއަށް މުޅިން އާ ދެ ބްރޭންޑެއްވެސް ތައާރަފް ކުރުމާ އެކުގައެވެ. އެއީ ޔޫރަޕްގެ މޮޅު އުފެއްދުމެއްކަމަށްވާ ޑެލީ ސަން ބްރޭންޑްގެ ރެޕްތަކާއި އިންޑިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އަލްޕީނޯ ޕީނަޓް ބަޓަރެވެ.

އަލަށް ތައަރަފް ކުރި ޕީނަޓް ބަޓަރު

 

”ސޯސަން ބަނދރު” ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ސޯސަން ފިހާރައިން ހޯލްސޭލް ކުރާ ޕަސްކުއެލްގެ 188 އެމްއެލްގެ ޔޯގަޓް ޑްރިންކް، %50 ޑިސްކައުންޓާއެކު ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފައެވެ.

މަޝްހޫރު ސޯސަން ފިހާރައަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ސްޕެއިން ގެ މަޝްހޫރު ޕަސްކުއަލް ބްރޭންޑްގެ ޔޯގަޓްވެސް ރާއްޖެ އެތެރެކޮށް މާކެޓް ކުރާ ފިހާރައެވެ.

މީގެ އިތުރުން ދިވެހިންނަށް އެންމެ ކަމުދާ ކާނާގެ ތަފާތު ބާވަތްތައް ބަލައިގެން ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑުތަކުގެ ކާނާއާއި އެހެނިހެން ބާވަތްތައް ދިވެހިންނާ ހަމައަށް ރަނގަޅު އަގުގައި ފޯރުކޮށްދެމުން ގެންދާ ކުންފުނިކަން ފާހަގަ ކުރެވެ އެވެ.

ޑެލީ ސަން ބްރޭންޑްގެ ރެޕް

މިގޮތުން ޕިލްސްބަރީ ބްރޭންޑްގެ ކޭކުފުށާއި އާޓާ ފުށް އަދި ޝާން ބްރޭންޑްގެ އެކި ވައްތަރުގެ ރިހަ ކައްކަން ބޭނުންކުރާ ހަވާދުގެ ބާވަތްތަކާއި މިނޫނަސް ދިވެހި ރައްޔިތުން އެންމެ ބޭނުންވާ ތަކެތި ބަލައިގެން އެތަކެތި ރާއްޖެއަށް ތައާރަފް ކުރުމުގައި އެކްކްޕޯ އިންވެސްޓްމަންޓް ކުންފުނިން ހިންގާ ސޯސަން ފިހާރައަކީ މާލޭ ބާޒާރުގައި އެންމެ ހިނގާ އެއް ނަމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top