ބަޖެޓްގައި ކަނޑައެޅިފައިވަނީ އިގުތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއު ތަކެއް: ގަވަރުނަރު

248731_3_0da99d5d9d317a28acfab53af81b302db7d122da_medium.jpg

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކަނޑައެޅިފައިހުރީ ހުރީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވީ، ކޯވިޑް-19އާއެކު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުވުމާއެކު އަންނަ އަހަރު ޚަރަދު ކުރުމުގައި އެންމެބޮޑު އިސްކަމެއް ދޭންވީ ކާބޯތަކެތީގެ ޚަރަދުތަކާއި ވަޒީފާތަކުގެ ޚަރަދު ހަމަޖެއްސުމަށް ކަމުގައެވެ.

ހަމަ އެއާއެކު ބަޖެޓުގައި ކަނޑައަޅާފައިވާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށަވަރު ނުކޮށް، ޕްރޮޖެކްޓްތައް ނުފަށަން މަޖިލީހުން ސަރުކާރަށް ބާރުއަޅަން އެދިވަޑައިގަންނަވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވަނީ ބަޖެޓުން ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ގިނަ ކަންކަން މަޑު ޖައްސާލުމަށް ލަފާދެއްވާފައެވެ. އެގޮތުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި، އެނޫންވެސް އެހެން ބައެއްކަންކަން މަޑު ޖައްސާލުމަށް ލަފާދެއްވިއެވެ.

ގަވަރުނަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދު އަންނަ އަހަރުވެސް ރަނގަޅު ނުވެއްޖެ ނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން ދަތިވެ މަޝްރޫއުތައް ނުހިންގޭނެ ކަމަށާ ގިނަ މަޝްްރޫއުތައް ހިންގަން ރާވާފައި ވަނީ ދަރަނި ނަގައިގެން ކަމަށް ވާތީ، އެގޮތަށް ފައިސާ ހޯދުުމުގައި ކޮންސިޝަނަލް ފައިނޭންސިންއަށް އިސްކަަން ދިނުމަށް ގަވަރުނަރު އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ބަޖެޓުގައި ހިމެނިފައިވާ މަަޝްރޫއުތައް ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރު ނުކުރާނެ ގޮތަށް ކުރިއަށް ގެންދިއުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

“ރާއްޖޭގެ ބާޒާރުން ކެޕިޓަލް މަޝްރޫއުތަކަށް ޑޮލަރު ހޯދަން ޖެހިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ކުރާނެ ކަމަށް ބެލެވޭ. އެހެންކަމުން މަޝްރޫއުތަކުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓަށް ހީނަރުކަމެއް ނާންނާނެ ފަދަ ގޮތަކަށް މަޝްރޫއުތައް ކުރިއަށްގެންދަން ލަފާދެން” ގަވަރުނަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓަކީ ދައުލަތުގެ ޖުމުލަ އާމްދަނީ އަށް ވުރެ 15 ބިލިއަން ރުފިޔާ އިތުރު ބަޖެޓަކަށް ވާތީ ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް އިތުރުވެގެން ދާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top