ކަމަދޫގައި ފެނާއި ނަރުދަމާ އަޅަން ހަވާލުކޮށްފި

125337090-765259090870142-4673675458531658491-o.jpg

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަން އެމްޑަބްލިއުއެސްސީއާ ހަވާލު ކުރުމުގެ އެއްބަސްވުން. --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ބ.ކަމަދޫގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމްޑަބްލިޔުއެސްސީ) އާއި ހަވާލު ކޮށްފިއެވެ. ކަމަދޫގެ އިތުރުން އެހެން 14 ރަށެއްގައިވެސް މި ނިޒާމް ގާއިމް ކުރުމަށް މިއަދު ވަނީ އެކުންފުންޏާ ހަވާލު ކޮށްފައެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

މި މަޝްރޫއު ފުރިހަމަ ކުރުމަށް ދީފައި ވަނީ 18 މަސް ދުވަހެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި، އާރުއޯ ޕްލާންޓު ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި ސީ އައުޓް ޕޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުން އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުމެވެ.

މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސްކުރާ ގޮތަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top