ލަކުޑިފިލާ ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ނެލިވަރު ފަރަށް އަރައިފި

26239938_1784035558314196_4630245609409458223_n.jpg

ނެލިވަރު ފަރަށް ފަޒާދޯނި އަރާފައި. / ފޮޓޯ: އާދަމް ނިޒާމް

ލަކުޑި ފިލާ ބަންޑެލިތަކެއް ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބ. އަތޮޅު ނެލިވަރު ފަރަށް އަރައިފިއެވެ.

ރޭ ދަންވަރު 1:30 އެހާކަންހާއިރު ހިނގި މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ދޯނި ފަރަށް އެރުމުގެ ސަބަބުން ދޯނި އޮތީ އެއްފަރާތަށް އަރިވެ ބައެއް ލަކުޑި ފިލާތައް މޫދަށް ފައިބާފައެވެ. ދޯންޏަށް ގެއްލުން ލިބުނު ނަމަވެސް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ސާފެއްނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި “ފަޒާ” ނަމަކަށްކިޔާ މިދޯނި ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ރ އަތޮޅުގެ ރަށަކަށެވެ.

މިދޯނި ފުންކުރުމުގެ މަސައްކަތް ކުރުމަށާ، މީހުން ސަލާމަތްކުރުމަށްޓަކައި އެސަރަހައްދުގައި ފުލުހުން މިހާރުދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިވަގުތު ދިޔަވަރު ހިކިފައިވުމާއެކު، ދޯނި ފުންކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ނެލިވަރު ފަރަށް ފަޒާދޯނި އަރާފައި. / ފޮޓޯ: އާދަމް ނިޒާމް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top