ލިވަޕޫލުން އާސެނަލް ލަދުގަންނަވާލިއިރު، ޗެލްސީ އެއްވަނައަށް ޖެހިލައިފި

liv.jpg

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ލިވަރޕޫލްގެ މާޓިން އުފާފާޅުކުރަނީ

ރޭ ކުޅުނު ޕްރިމިއަރ ލީގުގެ ބޮޑެތި މެޗްތަކުން 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލްއިން އާސެނަލްގެ މައްޗަށް ކުރި ހޯދާ އެޓީމް ލަދުގަންނަވާލިއިރު ޗެލްސީ ނިއުކާސަލްބަލިކޮށް ތާވަލްގެ 1 ވަނައަށްޖެހިލައިފިއެވެ.
ރޭގެ މޮޅާއެކު ލިވަޕޫލް އޮތީ 50 ޕޮއިންޓާއެކީ ލީގުގެ 4 ވަނައިގައެވެ. އާސެނަލް އޮތީ 55 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައެވެ.
56 ޕޮއިންޓާއެކު ޗެލްސީއަށް ޗެލްސީއަށް އެއްވަނަ މަގާމް ލިބުނީ އަމިއްލަ ދަނޑުގައި 3-0ން ނިއުކާސަލް ބަލިކޮށްގެންނެވެ. އެއްވަނައަށް އަރަން މެންޗެސްޓަރ ސިޓީއަށް ލިބުނު ރަނުގެ ފުރުސަތު ގެއްލުނީ ރަށުންބޭރުގައި ނޯވިޗް ސިޓީ އަތްދަށުވެގެންނެވެ. ނޯވިޗް މެޗް ހަމަހަމަވިއިރު ސިޓީއޮތީ 54 ޕޮއިންޓާއެކު ތާވަލްގެ 3 ވަނާގައެވެ.
ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ރޭގެމެޗުގައި އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ ފުރަތަމަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރ މާޓިން ސްކާޓެލްއެވެ. ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ ސްކާޓެލްއެވެ. ތިންވަނަ ގޯލް ފޯވާޑް ރަހީމް ސްޓާލިންގް ކާމިޔާބުކޮށްދިން އިރު ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ ފޯވާޑް ޑެނިއަލް ސްޓަރިޖްއެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކޮށްދިން 15 ވަނަ ގޯލެވެ. ލިވަޕޫލްގެ ފަސްވަނަ ގޯލް މެޗުގެ 52 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންގްއެވެ.
އާސެނަލް އިން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ މެޗުގެ 69 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ އާސެނަލް އަށް ސުންކަޑުވާލަ ދިނީ މިޑްފިލްޑަރ މިކޭލް އާޓެޓާއެވެ.
ޗެލްސީން ޖެހި 3 ލަނޑުވެސް ކާމިޔާބުކޮށްދިނީ އެޑިން ހެޒާޑެވެ.
ލީގުގައި މިރޭވެސް މުހިއްމު ދެމެޗް ކުޅޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top