ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުލައިދިނުމަކީ ދީނި ކަމެއް ނޫން: މައުމޫން

large_1548945874151WYy.jpg

ރައީސް މައުމޫން

ކޮވިޑް ބަލީގައި މަރުވާ މުސްލިމުން ވަޅުލައިދިނުމަކީ ދިނީ ގޮތުން ކޮށްދޭން ޖެހޭ ކަމެއް ނޫންކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމްވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔަވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތަކުގައި ރާއްޖެއިން އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާ ކުރަމުންދާކަމަށް އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ.

މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏ކޮވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަންކޮށްދީފިނަމަ އެކަންވާނީ އެގައުމުގެ ސަރުކާރުން މުސްލިމުންނާމެދު އަމަލު ކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް ކަަމަށްވެސް މަައުމޫނު ވަނީ ވިދާޅުވެފައެވެ.

އިއްޔެވެސް މައުމޫން ވަނީ ސަރުކާރުން ސްރިލަންކާގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަމުގައި އެހީތެރިވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ހާމަ ކުރުމުން އެކަމަށް ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އިއްޔެ ކުރި ޓްވީޓްގައި މައުމޫނު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަކަށްވެސް ހޫނު މަރުހަބާ ކިޔާކަމަށާއި، އަދި ވަކި ގައުމެއް ދީނެއް ތަފާތު ނުކޮށް އެ ހުރިހާ ފަރާތްތަކަށްވެސް މިޤައުމުން އަމާންކަން އެދޭކަމަށެވެ. އެހެންނަމަވެސް ކޮވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދުކުރެވޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top