ރާއްޖެއަށް ޓޫރިސްޓުން އަންނަން ފަށާނީ އޮކްޓުބަރު ހިސާބުގައި .

big_NXZlxozxqvmIeU7FvCxLOA0e0.jpg

ފޮޓޯ :ޕީއެސްއެމް

ރާއްޖެއަށް ޓޫރިސްޓުން އަންނަން ފަށާނީ އޮކްޓޫބަރު ހިސާބުހާ ތަނުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މެއި، ޖޫން، ޖުލައިގައި ކޮންމެވެސް ވަރެއްގެ ނޯމަލްސީއެއް އައިސްފައި ދެން ރާއްޖެއަށް މީހުން އަންނަން ފަށާނީ ގާތްގަނޑަކަށް އޮކްޓޫބަރު، ނޮވެމްބަރު، ޑިސެމްބަރު ހިސާބުގައި ކަމަށެވެ.

އަމީރު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ރާއްޖެ ބަރޯސާވެފައި އޮތުމުން މިފަދަ ހާލަތެއްގައި ލިބުނު ގެއްލުމުން އިބުރަތް ހާސިލުކޮށް އެހެން ސިނާއަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މި އަހަރުގެ ފަތުރުވެރިކަމުގެ އަންދާޒާ 5 ސިނާރިއޯއަކަށް ބަހާލައިގެން ސަރުކާރުން ލަފާކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން މިހާރު ރާއްޖެ އޮތްކަމަށް ބެލެވެނީ ސިނާރިއޯ 3 ގައި ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ތިން ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސިނާރިއޯ 3 ގައި ރާއްޖެ އަށް އަންނާނެ ކަމަށް ލަފާކުރެވެނީ 845،546 ފަތުރުވެރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 50 ޕަސެންޓުގެ ދަށްވުމެކެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމުން ފިލާވަޅުތަކެއް ލިބިގަނެ، ދަނޑުވެރިކަމާއި މަސްވެރިކަމަށް ވަރަށް ބޮޑަށް އިންވެސްޓު ކުރަންޖެހޭ ކަމަށެވެ. ހަމައެއާއެކު އިކޮނޮމިކް ކައުންސިލް މެދުވެރިކޮށް ރާއްޖެއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްސް ގެނެވޭނެ ވަރަށް ގިނަ ގޮތްތަކެއް ވެސް ހޯދަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top