ފުލުގައި އޮތް ސަންޑަލޭންޑް އަތްދަށުވެ ޗެލްސީގެ އުއްމީދުތައް ފެނަށް

ރޭ ކުޅުނު މެޗްގައި ސަންޑަލޭންޑުން ފުރަތަމަ ލަނޑު ޖަހަނީ / ފޮޓޯ: އިންޓަނެޓް

ރޭ ކުޅުނު މެޗްގައި ސަންޑަލޭންޑުން ފުރަތަމަ ލަނޑު ޖަހަނީ / ފޮޓޯ: އިންޓަނެޓް

1-2ގެ ނަތީޖާއަކުން ސަންޑަލޭންޑް އަތުން ރޭ ބަލިވެ ތަށި ހޯދުމަށް ޗެލްސީން ކުރަމުންދާ އުއްމީދުތަށް ފެނަށް ހިނގައްޖެ އެވެ.

މި ނަތީޖާއާއެކު ޗެލްސީ މިހާރު އޮތީ 75 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައެވެ. ޗެލްސީ އަށް ވުރެ އެއްމެޗު މަދުން ކުޅެގެން ލީގުގެ އެއްވަނައިގައި 77 ޕޮއިންޓާއެކީ އޮތީ ލިވަޕޫލް އެވެ. މި ރޭ ލިވަޕޫލް ކުޅޭ މެޗުން އެޓީމް މޮޅުވެއްޖެނަމަ ޗެލްސީއާ ދެމެދު ވާ ޕޮއިންޓްގެ ފަރަގު 5 ޕޮއިންޓަށް ފުޅާ ވެގެންދާނެ އެވެ. މި މެޗުން މޮޅުވި ސަންޑަލޭންޑް އޮތީ 29 ޕޮއިންޓާއެކީ ލީގުގެ އެންމެ ފުލުގަ އެވެ. މި މޮޅަކީ ސަންޑަލޭންޑް ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތްކަތަށް ލިބުނު މުހިއްމު މޮޅެކެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ވެސް ޗެލްސީންނެވެ. މި ގޯލް މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެމަރޫން ފޯވާޑް އެޓޫ އެވެ.

ނަމަވެސް އޭގެ 6 މިނެޓްފަހުން ސަންޑަލޭންޑްގެ ކޮނޯ ވިކްހެމް ވަނީ ސަންޑަލޭންޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސް ޗެލްސީއަށް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

ފުރަތަމަ ހާފްއެކޭ އެއްގޮތަށް ދެވަނަ ހާފްގައިވެސް ޗެލްސީއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް މި ފުރުސަތުތަކުގެ ހުރަހަކަށް ވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަންޑަލޭންޑްގެ ކީޕަރެވެ.

މި ފުރުސަތުތަކުގެ ބޭނުން ޗެލްސީއަށް ނުހިފުމުގެ ނަތީޖާއަށްވީ މެޗުގެ 82 ވަނަ މިނެޓްގައި ސަންޑަލޭންޑް އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގުމެވެ. އަލްޓިޑޯއަށް ޗެލްސީ ފުލްބެކް އެޒްޕެލިކުއެޓާ ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ޗެލްސީ ތަށްޓަށް ކުރަމުން އައި އުއްމީދުތަށް ފެނަށް ދުއްވާލީ ކުރިން ޗެލްސީއަށް ވެސް ކުޅުނު ފަބިއޯ ބޮރީނީ އެވެ.

މި ބައްޔާއެކު ޕްރިމިއަރ ލީގުގައި މޮރީނިއޯގެ ކޯޗުކަމުގެ ދަށުގައި ޗެލްސީ އެޓީމުގެ އަމިއްލަ ދަނޑުގައި މޮޅުވަމުން އަންނަ ރިކޯޑަށް ވެސް ވަނީ ނިމުމެއް އައިސްފަ އެވެ. މޮރީނިއޯ ވަނީ ލީގުގައި ޗެލްސީގެ ކޯޗުކަމުގައި އެޓީމުގެ ދަނޑުގައި ބަލިނުވެ 77 މެޗު ހަމަކޮށްފަ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޓޮޓެންހަމް އިން ވަނީ 1-3 ގެ ނަތީޖާއަކުން ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދާ ފުލަމް އަތުން މޮޅުވެފަ އެވެ.

ނިއުކާސަލް އަތުން 1-2 ގެ ނަތީޖާއަކުން ސްވެންސީ މޮޅުވިއިރު ވެސްޓްހާމް އަތުން 0-1 ގެ ނަތީޖާ އަކުން ކުރި ހޯދާ ކްރިސްޓަލް ޕެލެސް އިން ވަނީ ކުރިއަށް އޮތް ސީޒަނުގައި ޕްރިމިއަރ ލީގުގައި އެޓީމް އޮންނާނެކަން ކަށަވަރުކޮށްފަ އެވެ. މީގެއިތުރުން އެސްޓަން ވިލާ އާއި ސަތަމްޕްޓަން ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top