ދިވެހި އަންހެނަކު އެއްމާބަނޑު ހަތަރުކުދިން ވިހައިފި

baby_5.jpg

ދިވެހި އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފިއެވެ.

މިއީ ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވިޔަސް ވަރަށް މަދުން ނޫނީ ހިނގާ ކަމެއް ނޫނެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްމާބަނޑު ހަތަރު ކުދިން ވިހާފައިވަނީ ށ. ފޯކައިދޫ އަށް ނިސްބަތްވާ ފިރިހެނަކާ އިނދެގެން އުޅޭ އަންހެނަކު އިއްޔެ އޭޑީކޭ ހޮސްޕިޓަލުގައެވެ. މިއީ، އެ ދެމަފިރިންނަށް އަލަށް ލިބުނު ދަރިންނެވެ.

ސިޒޭރިއަން ހަދައިގެން ނެގި އެ ހުރިހާ ކުދިންނަށް ވެސް އޭޑީކޭ ހޮސްޕިޓަލްގެ ކުޑަކުދިންނަށް ޚާއްސަ ނިއޯނޭޓަލް އިންޓެންސިވް ކެއާގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއިން ކޮންމެ ކުއްޖެއްގެ ބަރުދަނުގައި ހުރީ ކިލޯ އެއް ކަމަށް އެނގިފައިވެ އެވެ.

ސިޒޭރިއަނަށް ފަހު މި ކުދިންގެ މަންމަ އަށް ލޭ އަޅަން ޖެހިގެން، އާއިލާ އިން ލޭ ހޯދަން ވެސް އިއުލާންކުރި އެވެ. އެކަމަކު، މިވަގުތަށް ބޭނުންވާ ވަރަށް އާއިލާ އިން މިހާރު ވަނީ ލޭ ހޯދައިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top