ފީނުމުގެ ދުނިޔޭގެ ޗެންޕިއަންއާއެކު، ގޮއިދޫ 4 ކުއްޖަކު ރެކޯޑެއް ހަދައިފި!؟

div.jpeg

ފީނުމުގެ ދުނިޔޭގެ ޗެންޕިއަން އާއެކު ގޮއިދޫ ކުދިންތައް ކޮކޯޕާމްގައި / އީވީ ފޮޓޯ: ހަސަން ނިޒާމް

ދުނިޔޭގެ ފްރީ ޑައިވިންގް ޗެންޕިއަން ހިބާޓް ނިޗް އާއެކު ބ. ގޮއިދޫ ސްކޫލްގައި ކިޔަވަމުންދާ 4 ކުއްޖަކު ފީނުމުގެ ޓްރޭނިންގް އެއް ހަދައި ރެކޯޑެއް ހަދައިފިއެވެ.

މިހާ ކުޑަކުދިންތަކެއް ރާއްޖޭގައި، ފުރަތަމަ ފަހަރަށް ވޯލްޑް ޗެންޕިއަންއާއެކު ފީނުމުގެ ޓްރޭނިންގް އެއް ހަދައި ރެކޯޑް ހެދީ މިމަހުގެ 1 ން 3ށް މިއަތޮޅުގައި އޮތް ރިސޯޓެއްކަމުގައިވާ ކޮކޯޕާމް ރިސޯޓްގައެވެ. ގޮއިދޫ ސްކޫލުން ބުނީ މިއީ ގޮއިދޫ ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިންގެ ތެރެއިން ފީނުމަށް ޝައުގުވެރިވާ ކުދިންގެ ހުނަރު އިތުރު ކުރުމަށް ކޮކޯޕާމްއާއި ގުޅިގެން ހޯދި ފުރުސަތެއްކަމަށެވެ. އެސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވީ މި ޓްރޭނިންގް ގެ ސަބަބުން ދަރިވަރުންނަށް ކުރިން ނޭނގިހުރި އެތައް ކަމެއް އެނގިގެން ދިޔަކަމަށް ދެކޭ ކަމަށެވެ.

ފީނުމުގެ ޓްރޭނިންގްގައި ގޮއިދޫ ކުދިންނާ ހަވާލުވެގެން ކޮކޯޕާމް ރިސޯޓަށް ދިޔަ ކޯޑިނޭޓަރ ހަސަން ނިޒާމް އީވީއަށް ބުނީ ދުނިޔޭގެ ޗެންޕިއަންއައެކު އެކުދިން ގިނަ ވަގުތުތަކެއް ފީނައި، އެކިކަހަލަ ހުނަރުތައް މި ފްރޮޤްރާމްގައި ދަސްވެގެންދިޔަކަމަށެވެ. އަދި މިހާ ކުޑަ ކުދިންތަކެއް ދެއްކި ހުނަރާމެދު ދުނިޔޭގެ ޗެންޕިއަން ވަރަށް ބޮޑަށް ޝައުގުވެރިވިކަމަށް އޭނާ ބުންޏެވެ.

“ވަރަށް ރަނގަޅޭ ބުނީ. ހިޔެއް ނުކުރަމޭ ފީނަން މިހާ ރަނގަޅު ކުދިން ރާއްޖޭގައި އުޅޭ ކަމަކަށް. ދެން ބުނީ އިތުރު ޓްރޭނިންގް ދެވިއްޖެއްޔާ ވަރަށް ރަނގަޅުވާނޭ. އުއްމީދުކުރަމޭ ކުރިއަށް އޮތްތަނުގައި ރަނގަޅުވާނޭކަމަށް” ރާއްޖެއިން ޑައިވިން ކޯސް ފުރިހަމަ ކޮށްފައިވާ ހަސަން ބުންޏެވެ.

ކުޅިވަރާ އެތުލެޓިކްސްގައި އާދަޔާ ހިލާފް ހުނަރުވެރިން ދިރިއުޅޭ ގޮއިދޫގެ ކުދިންތަކަކަށް މިދިޔަ އަހަރު ފަހުކޮޅު ވޯލްޑް ސްކޭޓިންގް ޗެންޕިއަނުންނާއެކުވެސް ޓްރޭނިންގް ހެދުމުގެ ފުރުސަތު ލިބުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top