ޖަސްޓިންބީބާ ބ.އަތޮޅުގައި

landscape-1426526635-justin-bieber-roast-1242.jpg

އިންޑިއާގެ މުންބާއީގައި ޝޯއެއް ދިނުމަށްފަހު މަޝްހޫރު ލަވަކިއުންތެރިޔާ ޖަސްޓިންބީބާ 23އ.މިހާރު ހުރީ ރާއްޖެއައިސް ބ.އަތޮޅުގެ ރިސޯޓެއްގައެވެ. ސަލާމަތީ ސަބަބުތަކަށްތަކާ ވަކި ރިސޯޓެއްގެ ނަން ހާމަ ކޮށްފައި ނުވިޔަސް އޭނާ ރޭ ދަންވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ބ. ދަރަވަންދޫ އެއާޕޯޓަށް ޗާޓަރު ފްލައިޓެއްގައި ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޖަސްޓިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާނެ އެވެ.

ޖަސްޓިން ބީބާ އެންމެ ފުރަތަމަ ނިންމީ އަންނަ އާދިއްތަ ދުވަހާ ހަމައަށް އިންޑިއާގައި މަޑުކުރުމަށެވެ. ނަމަވެސް ޝޯ އިންތިޒާމު ކުރި އިންޑިއާގެ އެޖެންޓް ނޫސްތަކަށް ބުނެފައި ވަނީ ޝޯއަށް އަށް ފަހު ޖަސްޓިން “ގެއްލިފައިވާ” ކަމަށާއި ޖަސްޓިން އިންޑިއާގައި ހުރިކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް ކަށަވަރުކޮށްދެވެން ނެތް ކަމަށެވެ.

ޖަސްޓިންގެ މުމްބާއީގައި ދިން ޝޯގެ ތެރެއިން . —

މުންބާއީގައި އޭނާ ދިން ޝޯގައި ލަައިވްކޮށް ލަވަތައް ކިއުމުގެ ބަދަލުގައި “ލިޕް ސިންކް” ކުރިކަމަށްބުނެ ގިނަ ބަޔަކު ވަނީ އޭނައަށް ފާޑު ކިޔާފައެވެ. ކޮންސެޓް ދިނުމަށް ޖަސްޓިން އިންޑިއާއަށް ގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top