ބ. ކިހާދޫ (21 އޭޕްރީލް 2017):- ޓޫރިޒަމް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ، ކޯސްޓްލައިން އިންވެސްޓްމަންޓް ގުޅިގެން ކިހާދޫގައި އަޅާ ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް އެބަދެއެވެ. މިމަސައްކަތް ފެށުނީ މިދިޔަ ފެބުރުވަރީ މަހުގެތެރޭގައެވެ.
223000 އަކަފޫޓް ބޮޑުބިމެއްގައި އެޅުމަށް ހަމަޖެހިފައިވާ މިސެންޓަރުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުންދަނީ އެސެންޓަރުގައި އިމާރާތްކުރާ ކްލާސްރޫމްތަކާ، އެކަމަޑޭޝަން ބޮލޮކްތައް ރޭނުމުގެ މަސައްކަތް ކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ. މިހަފްތާގެ ފޮޓޯއިން ޚަބަރުގައި މިގެނެސްދެނީ މިސެންޓަރުގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު އަންގައިދޭ ފޮޓޯތަކެކެވެ.
އީވީ ފޮޓޯތައް: ޕްރިންސް ނަވާ