ފުލުހަކަށް ވާން ބޭނުން؟ މިއޮތީ ފުރުސަތު

viber_image_2023-08-03_21-26-34-181.jpg

މިމަހުގެ 11 އިން 12 ވަނަ ދުވަހުގެ ނިޔަލަށް ބ.އަތޮޅުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތު ތަކާއި ގުޅޭގޮތުން ޕޮލިސް އޯޕަން ޑޭ އެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މިކަމާބެހޭ މައުލުމާތު ހާމަކުރަމުން ފުލުހުން ބުނެފައިވަނީ މި އޯޕަންޑޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2023 އޯގަސްޓް 10 ވަނަ ދުވަހުގެ ކުރިން އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރ 9791674 ގުޅުއްވާ ނަން ނޯޓްކުރެެއްވުން އެދޭ ކަމަށެވެ.

މި އޯޕަންޑޭގައި ބ.އަތޮޅުގެ ރަށްރަށުން ހަތަރު މީހުންނަަށް ވުރެ ގިނައިން ބައިވެރިވެލައްވާނަމަ އެރަށަކަށް ޓީމްގެ ބޭފުޅުން ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމާއި އަދި ޝަރުތު ހަމަވާފަރާތްތަކާއި އިންޓަވިއު ކުރުން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަގާމުތަކަށް ކުރިމަތިލެވޭނީ އޯލެވެލް އިމްތިހާނުން މަދުވެގެން އެއް މާއްދާއިން ފާސްވުމުގެ އިތުރުން އުމުރުން
18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top