ރައީސްގެ ދަތުރުފުޅުގެ ތައްޔާރީތަކަށް ހިތްވަރު ދިނުމުގެގޮތުން އެމްޕީ ސަލީމް ބޮޑުއެހީއެއް ވެދެއްވައިފި

53111_90575e02-1_-1024x681-1024x681-777x390.jpg

ރައީސުލްޖުމްހޫރިއްޔާ އޭދަފުށްޓަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާއެކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރަށް ތައްޔާރު ކުރުމަށް އެދަފުށި ރައްޔިތުންނަށް ސަލީމު ބޮޑު އެހީއެއް ވެދެއްވައިފިއެވެ.

ސަލީމް ވިދާޅުވީ މިއީ ރައްޔިތުންނަށް އަންނަ އުފާވެރި އީދެއްކަމަށާއި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރަށްރަށުގެ ހާލު ގާތުން ބައްލަވާ ރައްޔިތުންގެ މުހުތާދުތައް އަޑުއެއްސެވުމުގެ ގޮތުން ރަައްޔިތުންގެ ގާތަށް ވަޑައިގެންނެވުމަށްވުރެ ވަކިން ބޮޑު މުނާސަބަތެއް އެރަށަކަށް ނާންނާނެ ކަމުގައެވެ.

ސަލީމު ވިދާޅުވީ މިކަމަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުން ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމަށް އެންމެ ގާތުގައިގައި މި ވަގުތު ހުންނެވޭ ގޮތް ނުވިޔަސް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވަމުން ގެންދަވާ ކަމުގައެވެ. އަދި މިކަމުގައި މި މުނާސަބާ ކުލަގަދަކުރުމުގެ ގޮތުން ބޭނުންވާ ކޮންމެ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީން ކަން މިހިނދުވެސް ރައްޔިތުންނަށް ދޭން ބޭނުންވާ ކަމުގައެވެ.

މިގޮތުން ރައްޔިތުންނާ ކުރެއްވި މަޝްވަރާތަކުން އޭނާގެ އަރިހުން އެދިފައި ވަނީ ބަނދަރު ޒީނަތްތެރި ކުރުމަށް ބޭނުންވާ ގައުމީކުލަތަކުގެ ފޮތިކަމަށް ވާތީ ރައްޔިތުންގެ މިއެދުން ފުރިހަމަކޮށްދެއްވިކަމަށް ވިދާލުވިއެވެ.

“45000ރ ގެ ފޮތީ މިދިނީ. އިތުރަށް ބޭނުންވިޔަސް އަޅުގަނޑަށް ހަމައިޝާރާތް ކޮށްލަންވީ .ބޭނުންވާ ވަރަކަށް އަޅުގަނޑު މިހުރީ ދޭން މި ނޫން އެހީތައް ވެސް. “އީވީއާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވިއެވެ.

އެމްޕީސަލީމު އޭދަފުށްޓަށް އެހީތެރިކަން ވެދެއްވަމުން ގެންދަވާއިރު ، ދާއިރާގެ އަނެއް ދެރަށުގެ ތަރައްޤީއާއި، އެކިއެކި ކަންކަން ކުރިއެރުވުމަށްވެސް ގެންދަވަނީ ބޮޑެތި އެހީތަކެއް ވެދެއްވަމުންނެވެ.

ސަލީމް ވިދާޅުވީ މިއީ އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފަލެއްކަމަށާ، ކުރިޔަށް އޮތްތަނުގައިވެސް ރަށުފެންވަރުގައި ދާއިރާގެ ކޮންމެ ރަށަކުންވެސް އެދޭ ކަންކަމަށް އެދެވޭ އިޖާބައެއް ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. ވަކިން ޚާއްސަކޮށް މުޖްތަމައުގެ ފައިދާ އަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް އޭނާ އިސް ނަންގަވާނެކަމަށާ މި ވީހާ ތަނަށްވެސް އޭނާގެ ފަރާތުން އެމިސާލު ދައްކާފައިވާނޭކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top