ރައްޔިތުންގެ އަޑު: “އަތޮޅުގޭ”ގައި ތިއްބެވި ކައުންސިލަރުން ގަވާއިދުން ފައިސާ ދައްކަވާފައިވޭތޯ؟

image-0-02-05-bab8962b3f08ee15477176e93c98616e460905134ca039e029a2a92a2ae41729-V.jpg

ބ. އަތޮޅުގެ. އަތޮޅޫ ކައުންސިލަރުން ތިއްބެވުމަށް މިއިމާރާތް ވަނީ ބޭނުންކޮށްފައި / އީވީ ފޮޓޯ: ޕްރިންސް ނަވާ

މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ހާއްސަ ކޮށްލަނީ ބ. އަތޮޅު ކައުންސިލް އިދާރާއަށެވެ.

ސުވާލު:

މައުލޫމާތު ލިބިފައިވާގޮތުން މިހިނގާ އަތޮޅު ކައުންސިލްގެ ދައުރުގައި އަތޮޅުގޭގައި ކައުންސިލަރުން ތިއްބެވުމަށް މަހެއްގެ މައްޗަށް 600.00 ރުފިޔާގެ ކުއްޔެއްވަނީ ކަނޑައަޅާފައެވެ. އަދި އެކުލި ކޮންމެމަހެއް ނިމުމުން ކައުންސިލަށް ދައްކަންވެސް އަންގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިފައިސާ ނުދައްކަވާ އެއްވެސް ކައުންސިލަރަކު އެބައޮތްތޯ؟ އޮތްނަމަ އޭގެ ތަފްސީލެއް ދެއްވުން އެދެމެވެ. އަދި ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތަކީ ކޮބާތޯ؟

ޖަވާބު:

މިހިނގާ އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި އަތޮޅުގޭގައި ތިއްބަވާ ކައުންސިލަރުން ތިއްބެވުމަށް މަހެއްގެ މައްޗަށް -/600 ރުފިޔާ ކުލީގެ ގޮތުގައި ދެއްކުމަށް ނިންމައި، އެފައިސާ ނުދައްކަވާ ފަރާތްތަކަަށް އެކިފަހަރުމަތިން ވަނީ ސިޓީން ދެންނެވިފައެވެ. މިގޮތުން މިފައިސާ ކައުންސިލް މެމްބަރ ހަސަން ސިރާޖް ފިޔަވައި ހުރިހާ ކައުންސިލް މެމްބަރުންވެސް ދަނީ ދައްކަވަމުންނެވެ. ދައްކަންޖެހޭ ފައިސާގެ ތެރެއިން ކައުންސިލް މެމްބަރ އިބްރާހީމް ޝަރީފް އަދި އަލީ ނާއިޒް މިހާތަނަށް ދައްކަވާފައިވަނީ ކޮންމެ ބޭފުޅަކު -/2700 ރުފިޔާއެވެ. މިހާތަނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިންމާފައިވަނީ ކައުންސިލްގެ ރައީސް މުހައްމަދު އާދިލްއެވެ. ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ވަނީ ތަޅުދަނޑި ހަވާލުކުރި ދުވަހާ ހަމައަށް -/15560 ރުފިޔާ ކައުންސިލް އިދާރާއަށް ދައްކައި ނިންމާފައެވެ.

ބ. އަތޮޅު ކައުންސިލް އިން މިސުވާލަށް ޖަވާބުދެއްވީ އިންފޮމޭޝަން އޮފިސަރ ޣައްސާމް މުހައްމަދު އެވެ.

ސުވާލުތައް މެއިލް ކުރައްވާނީ: [email protected] އަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top