
ގޮއިދޫގައި ރޭބޭއްވި ކައިވެނީގެ ޕާޓީގެ ތެރޭގައި ހަވާގެ ކުޅިވަރުތައް ކުރިޔަށް ދަނީ. މިއީ ބ. އަތޮޅުގެ .ރަށެއްގައި ހަވާ އެރުވި ފުރަތަމަފަހަރު
/ ފޮޓޯ: ފޭސްބުކް
މިއަތޮޅު ގޮއިދޫގައި ރޭ ބޭއްވި ކައިވެނި ޕާޓީއެއްގައި ފުރަތަމަ ފަހަރަށް ހަވާގެ ކުޅިވަރުތައް ދައްކާލައިފިއެވެ. ގޮއިދޫގައި ރޭ އެރުވި މިހަވާއަކީ ބ. އަތޮޅުގައި މިހާތަނަށް އެރުވި ފުރަތަމަ ހަވާ އެވެ.
ގޮއިދޫ ކޯރު ސަރަހައްދުގައި ބޭއްވި ކައިވެނި ޕާޓީގައި ހަވާއެރުވީ އެމްއެންޑީއެފްގެ ފަރާތުންނެވެ. މިހަވާ 5 މިނެޓަށް ދެމިގެންދިޔައެވެ.
ގޮއިދޫގައި ހުރި އީވީގެ ރިޕޯޓަރު ބުނާގޮތުން ހަވާއެރުވި މަންޒަރު ބެލުމަށް ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ކޯރު ސަރަހައްދަށް ޖަމާވިއެވެ. އަދި ވަރަށް މަޖާނެގިކަމަށްވެއެވެ.
ރިޕޯޓަރު ބުނީ ރޭ ބޭއްވި ކައިވެނި ޕާޓީއަކީ އެރަށު އާޒާދު ހަސަން ނިޒާމްގެ ކައިވެނި ޕާޓީކަމަށެވެ. ހަސަން ނިޒާމް އާ ހަވާލާދީ ރިޕޯޓަރ ބުނީ ޕާޓީގެ ތެރޭގައި ހަވާއެރުވުމަށް ހަމަޖެއްސީ ތަފާތު ގޮތަކަށް އެކަން ކުރަން ބޭނުންވެގެންކަމަށެވެ.
ރިޕޯޓަރ ބުނީ ހަވާއެރުވި އެމްއެންޑީއެފް “ސިފްކޯ” އިން އެކަން ކުރީ 60000 ރުފިޔާއަށްވުރެ ބޮޑު އަގަކަށެވެ.