ދިޕިކާ ޕަދުކޯން އޭބުނުމުން އެއީ ކާކުކަން ނޭގޭ ދިވެއްސަކު މިހާރަކު ހުންނާނެކަމެއް ނޭގެއެވެ. އޭނާގެ ރީތިކަމާ އެއްވަރަށް ފިލްމީ ކެރިއަރުގައި ވެސް ދަނީ ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ.
ޑައިރެކްޓަރ ފަރަހަ ޚާންގެ “އޯމް ޝާންތީ އޯމް “އިން ހިންދީ ފިލްމީ ދުނިޔޭގެ އޮޅިގަނޑު ގިރާކުރި ދިޕިކާ އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ މުއްސަނދި ބަތަލާއެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމީ ދޮރާާށިގައިވެސް މިހާރުވަނީ ޓަކިޖަހާފައެވެ.
އޭނާގެ އާޚަބަރެއްގެ ގޮތުގައި މިހާރު އެންމެ ގިނައިން ރިޕޯޓްް ކޮށްފައިވާ ވާހަކައަކީ އޭނާގެ ބައްޕައަށް ހަދިޔާއެއްގެ ގޮތުގައި 40 މިލިއަން ރުޕީސްގެ އަގުބޮޑު ފްލެޓެއް ހަދިޔާކުރި ވާހަކައެވެ.
މައިންބަފައިންނާ ގާތް ގުޅުމެއް އަބަދުވެސް ބާއްވަމުން އަންނަ ދީޕިކާ ދިރިއުޅެނީ މީގެ ހަ އަހަރުކުރިން މުމްބާއީގެ އެންމެ އަގުބޮޑު ހިސާބުގައި ހުންނަ ހައިރައިޒް މުމްބާއީ އިން 16 ކުރޯޑު ރުފިޔާއަށް ގަނެފައިވާ އެޕާޓްމަންޓެއްގައެވެ. ދީޕިކާގެ އެޕާތްމަންޓް ހުންނަނީ 26ވަނަ ފްލޯގައި ކަމަށް ވާއިރު ބައްޕައަށް ގަނެދީފައިވާ 40 ކުރޯޑު ރުޕީސްގެ އަގުބޮޑު ފްލެޓް ހުންނަނީ 30ވަނަ ފްލޯގައެވެ.
ދިޕިކާ ބުނީ މައިންްބަފައިންނަށް މި ބިލްޑިންގުން ފްލެޓެއް ގަނެދީފައިވަނީ މައިން ބަފައިންނާ ވީހާވެސް ގާތުގައި ދިރިއުޅެން ބޭނުންވާތީކަމުގައެވެ.
ދިޕިކާ މިހާރު ޝޫޓް ކުރަމުން ދަނީ އަދި ވަކި ނަމެއް ދީފައިނުވާ އީރާނީ ފިލްމް މޭކަރެއްކަމުގައިވާ މާޖިދު މާޖިދީ ގެ ޕްރޮޖެކްޓެއްގައެވެ. މީގެ އިތުރުން އޭނާ ދަނީ ސަންޖޭލީލާ ބަންސާލީގެ ޕަދްމާވަތީގެ ޝޫޓިންގ ގައިވެސް މަސައްކަތްކުރަމުންނެވެ. “ޕަދްމާވަތީ” ކުޅެން ސޮއިކޮށްފައިވަނީ 11 ކްރޯޑް (110 މިލިއަން) ރުޕީޒް އަށެވެ.
ދިޕިކާ މިދިޔަ އަހަރުކުޅެފައިވާ ހޮލީވުޑް ފިލްމް “ޓްރިޕަލް އެކްސް” އަންނަ އަހަރު ޖެނުއަރީ 17ގައި ރިލީސްކުރާނެއެވެ. މި ފިލްމުން އޭނާ ފެނިގެންދާނީ ވިން ޑީސެލް އާއި އެކުއެވެ.