އެލްކޭޖީ ކްލާސްތަކަށް ކުދިން ވެއްދުމަށް އިއުލާނުކޮށްފި

14485149_1544184852274726_1851211895118473168_n.jpg

އަންނަ އަހަރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ ކްލާސްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު އެ ސްކޫލުން ހުޅުވާލައިފިއެވެ.

މިކަމާބެހޭގޮތުން މިއަދު އެ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ  އެލްކޭޖީއަށް ވަނުމުގެ ފުރުސަތު ދޭން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު 31 ގެ ނިޔަލަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނަށް ކަމުގައެވެ.

ސްކޫލްގެ އިއުލާނުގައިވާގޮތުން މިކަމަށް އެދުމުގެ ފުރުސަތު  މިހާރުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އަދި ކުދިން ވެއްދުމަށް އެދޭ ފޯމް ސްކޫލް އޮފީހުން ލިބެން ހުންނާނެ ކަމަށާއި މުއްދަތު ހަމަވާނީ  މިހިނގާ އޮކްޓޯބަރ 25ވަނަ ދުވަހުގައި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.  .

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top