
ހެލްތް މިނިސްޓަރ ޑރ މަރިޔަމް ޝަކީލާ އިއްޔެ އޭދަފުއްޓަށް ވަޑައިގަތުމުން ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން މަރުހަބާ ދަންނަވަނީ / އީވީ ފޮޓޯ: ފާރިހް އަހްމަދު ރަޝީދު
ހެލްތު މިނިސްޓަރ ޑޮކްޓަރ މަރިޔަމް ޝަކީލާ ރަސްމީ ދަތުރު ފުޅެއްގައި ބ. އަތޮޅު އޭދަފުއްޓަށް ވަޑައިގެންފިއެވެ.
އިއްޔެ މެންދުރުފަހު އެކަމަނާ އޭދަފުއްޓަށް ވަޑައިގަތުމުން އޭދަފުށީގެ މުއައްސަސާތަކުގެ ވެރިންނާ، މުވައްޒަފުން އަދި ބައެއް އާންމުން މަރުހަބާ ދަންނަވާފައިވެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިނިސްޓަރުގެ މިދަތުރުފުޅުގައި އިއްޔެއާ، ރޭ އަތޮޅު ހޮސްޕިޓަލްގެ ކަންކަން ހުރިނެތްގޮތް ބައްލަވައި، މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާކަމަށެވެ. އަދި ރަށު ކައުންސިލާވެސް ބައްދަލުކޮށްފައިވާކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ވަޒީރުގެ މިދަތުރުފުޅުގައި ބ. އަތޮޅުގެ ސިއްހީ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށެވެ.
މިނިސްޓަރުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.