ސޮނޭވާފުށީގެ އިންޓާންޝިޕަށް މިއަހަރު 15 ޒުވާނުން

Son-host-1.jpg

ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް އަމާޒުކޮށްގެން ސޮނޭވާފުށި ރިސޯޓުގައި ހިންގަމުން އަންނަ އިންޓާންޝިޕް ޕްރޮގްރާމަށް 15 ޒުވާނުން ހޮވައިފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ކުދިން ހޮވާފައިވަނީ އޭދަފުށީގެ އިތުރުން މާލެ އާއި ފުވައްމުލައް އަދި އައްޑޫގައި ބޭއްވި އޯޕަންޑޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ 200 ކުދިންނާ އިންޓަވިއުކޮށް އެކުދިންނަށް ޓެސްޓެއް ދިނުމަށް ފަހުއެވެ.

ޕްރޮގްރާމަށް ހޮވުނު 15 ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ މި މުނާސަބަތަށް ޚާއްސަކޮށްގެން ސޮނޭވާފުށީގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހަނީފު އެވެ. މިރަސްމިއްޔާތުގައި ސޮނެވާފުށީގެ ސީއީއޯ އަދި ޗެއާމަން ސޯނޫ ޝިވްދާސާނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި މިދިޔަ އަހަރު ފެށި އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި 12 ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކުރުން ވެސް އޮތެވެ.

މި ޕްރޮގްރާމާބެހޭ ގޮތުން ސޮނޭވާއިން ބުނީ އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ މަހުގައި ބައިވެރިންނަށް ރިސޯޓުގެ ފުޑް އެންޑް ބެވަރެޖް، ގެސްޓް ރިލޭޝަންސް، ހައުސްކީޕިން، އިންޖީނިއަރިން، އެޗްއާރު އަދި ފައިނޭންސް ދާއިރާތަކުގެ ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ތިއަރީގެ ބައިތައް ވެސް ކުރިއަށްދާނެ އެވެ. އަދި ބާކީ 11 މަހުގައި، ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ކަނޑައަޅައި އެ ދާއިރާއަކުން ކިޔަވައިދޭނެއެވެ.

“ޖޫނިއަރ ހޮސްޓް ޕްރޮގްރާމް ” ފުރިހަމަކުރާ ދަރިވަރުންނަށް ދޭ ސެޓްފިކެޓަކީ އިންޓަނޭޝަނަލް ގަބޫލުކުރާ ޔޫތު ކެރިއާ އިނިޝިއޭޓިވް (ވައިސީއައި) ސެޓްފިކެޓެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top