މެލޭޝިޔާގެ ޕީޑީއާރްއެމްއަށް ކުޅެމުންދާ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް(ދަނގަޑޭ) ގެ ގޯލަކާއެކީ 0-4 ގެ ނަތީޖާއަކުން ޕީޑީއާރްއެމްއިން ލީގުގައި އިއްޔެ ކުޅުނު މެޗުން ޕިނާންގެ މައްޗަށް ކުރި ހޯދައިފިއެވެ.
މި މޮޅާއެކު ޕީޑީއާރްއެމް އޮތީ ކުޅުނު ހަ މެޗުން މޮޅުވެ ލީގުގެ އެއްވަނައިގައި 18 ޕޮއިންޓާއެކީގައެވެ.ދެވަނައިގައި 15 ޕޮއިންޓާއެކީ އޮތީ ޕެނާންގްއެވެ.މި މެޗުން ބަލިވި ޕިނާންގް އޮތީ 3 ޕޮއިންޓާއެކީ ލީގުގެ އެންމެ ފުލުގައެވެ.
ޕީޑީއާރްއެމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބޮބީ ގޮންޒާލޭޒްއެވެ.މެޗުގެ 47 ވަނަ މިނެޓްގައި ޕީޑީއާރްއެމްގެ ލީޑް ފުޅާކޮށްދިން ގޯލް ކާމިޔާބުކޮށްދިނީ މުނީރުއެވެ.ޕީޑީއާރްއެމްގެ ތިންވަނަ ގޯލް މެޗުގެ 50 ވަނަ މިނެޓްގައި ޗޭޑް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އަލީ އަޝްފާގް(ދަނގަޑޭ) އެވެ.
ޕީޑީއާރްއެމް އިން ލީގުގައި ދެން މެޗެއް ކުޅޭނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ.އެ މެޗުގައި އެޓީމް ބައްދަލުކުރާނީ ލީގުގެ 7 ވަނައިގައި އޮތް ފެލްޑާއާ ދެކޮޅަށެވެ.
ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާޤް މިއަހަރު މެލޭޝިއާގެ ލީގަށް ބަދަލުވެ ދައްކަމުންދާ ކުޅުން ވަރަށްބޮޑަށް ފާހަގަކުރެވެއެވެ. އެގޮތުން ޕީޑީއާރުއެމް ލީގުގައި ކުޅުނު ގިނަ މެޗްތަކުގައި ގޯލްޖަހާފައިވުމުގެ އިތުރުން ގޯލްޖެހުމަށް މަގުފަހިކޮށްދީފައިވެއެވެ.