ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް

WhatsApp-Image-2026-09-21-at-09.51.32-1024x577-1.jpeg

ބ. ތުޅާދޫގައި ތަރައްގީކުރަމުން އަންނަ ދެ ބުރީގެ ކަލްޗަރަލް ސެންޓަރުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާއިރު، އެސެންޓަރުގެ ރެސްޓޯރަންޓް އިމާރާތުގެ ޓައި ބީމް ކާސްޓިން މަސައްކަތް ނިމި، މައި އިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެއެވެ.

ތުޅާދޫގައި ޒަމާނީ ފެންވަރުގެ ސަގާފީ މަރުކަޒެއް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު މި މަޝްރޫއު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކުރައްވާފައެވެ.

ތުޅާދޫއަކީ އަތްތެރިކަމުގެ މަސައްކަތާއި ދިވެހި ފަންނުވެރިކަމުގެ ހުނަރުވެރިކަމަށް މަޝްހޫރު ރަށެކެވެ. އަދި އެ ރަށަކީ ލޯކަލް ޓޫރިޒަމްވެސް ވަރަށް ބާރަށް ކުރިއަރަމުން އަންނަ ރަށެކެވެ.

އެހެންކަމުން އެ ރަށުގައި ގާއިމުކުރެވޭ މި ކަލްޗަރަލް ސެންޓަރު ވެގެންދާނީ ރަށުގެ އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް، ރަށުގެ ތަނަވަސްކަމަށް ބޮޑު ހިއްސާއެއް ކުރާނެ މަޝްރޫއަކަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top