ރަނގަޅު މައުލޫމާތު ނުހޯއްދަވައި ތުޅާދޫ މިސްކިތާ ބެހޭގޮތުން ކެންދޫ ދާއިރާގެ މެންބަރު ސުވާލު ކުރައްވައފި

ސއސަްފދއަެފދއ.jpg

ބ.ތުޅާދޫ ދާއިރާގެ މެންބަރު ހުންނަވަނިކޮށް ބ.ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މައުރޫފް ޒާކިރު، ތުޅާދޫ މިސްކިތަކުން ގަބުރު ފެނުމާއި ގުޅިގެން މިއަދުގެ މަޖިލީހުގައި ރަނގަޅަށް މައުލޫމާތު ނުހޯއްދަވައި އެކަމާބެހޭގޮތުން ސުވާލުކުރައްވައިފިއެވެ.

މެމްބަރުންގެ ސުވާތަކަށް ބަލާއިރު، ގިނަ މެމްބަރުން ވަނީ އެ މެމްބަރުން ނިސްބަތްވާ ދާއިރާގެ މިސްކިތްތަކާއި އަދި އެނޫންވެސް މިނިސްޓްރީއާ ގުޅޭ ކަންކަމުގައި މިނިސްޓަރު ޝަހީމް އާ ސުވާލުކުރައްވާފައެވެ. އަދި މިނިސްޓަރު ވަނީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ކެންދޫ ދާއިރާގެ މެންބަރު މިނިސްޓަރާ ކުރެއްވި ސުވާލުތަކުގެ ތެރެއިން ފާހަގަކުރެވުނީ ތުޅާދޫ މިސްކިތަކުން ގަބުރުފެނުމާއި ގުޅިގެން ކުރެއްވި ސުވާލެވެ.

ތުޅާދޫ މަސްޖިދުއްރަހުމާނު މިސްކިތުގެ ފެންޑާއިންނާއި ހަރިންމަތެރެއިން ގަބުރު ފެނުމާ ގުޅިގެން މިދިޔަ އަހަރު އެ މިސްކިތް ވަގުތީގޮތުން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ޝައްކުކުރެވޭ ތަންތަން ބަލައި ގަބުރުތައް ހުރި ތަންތަނުން އެ ނަގައި ސާފުކުރުމަށްފަހު މިސްކިތް ވަނީ ހުޅުވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތްހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފުކޮށް ނިމި، ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ. އެގޮތުން އެ މިސްކިތުގައި ނަމާދުކުރުމަށް ކުރިމަތިވި މައްސަލަތައް ހައްލުވެ ނިމިފައިވާކަން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.

ތުޅާދޫ މިސްކިތުން ގަބުރު ފެނުނު މައްސަލާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ސުވާލު ކުރެއްވިއިރު، ތުޅާދޫ ދާއިރާއަށް ނިސްބަތްވާ މެމްބަރަކު މަޖިލީހުގައި އިންނަވައެވެ. މަޖިލީހުގައި މި ދައުރު ތުޅާދޫ ދާއިރާ ތަމްސީލް ކުރައްވަނީ ތުޅާދޫއަށް އުފަން އަބްދުލްޙައްނާން އަބޫބަކުރެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top