ޑެންގީ ހުން ޖެހިގެން އުމުރުން 17 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ.
މިބަލީގައި ނިޔާވެފައި ވަނީ މ. މުލީ އަތަމާގޭ އައިޝަތު އަންޖަލް މުމްތާޒް، 17، އެވެ. އޭނަ ނިޔާވީ މުލީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
އަންޖަލްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އެވެ.
މި ފަހުން ރާއްޖޭގައި ޑެންގީގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މި މަހުގެ މެދުތެރޭގައި ވެސް ޒުވާން ފިރިހެނަކު ޑެންގީ ޖެހިގެން ނިޔާވި އެވެ. އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ 13 ވަނަ ދުވަހު ނިޔާވީ ށ. މިލަންދޫ ނަބްހާން މުހައްމަދު، 22، އެވެ.






