އުމުރުން ދެ އަހަރު ވަންދެން، ދަރިފުޅު ބަލަން ވަގުތު ދޭ އިސްލާހު ތަސްދީގު ކުރައްވައިފި

b_202603151216481773515808.9728.jpeg

ދަރިންނަށް ދެ އަހަރު ވަންދެން، ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު ހުސްވަގުތު ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި މަހު 8 ވަނަ ދުވަހުއެވެ.

މީގެ ކުރިން ގާނޫނުގައި އޮންނަނީ ދަރިފުޅުގެ އުމުރުން އެއް އަހަރު ވާންދެން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭ ގޮތަށެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވައި ފާސްކުރި ބިލުގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވާންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭ ގޮތަށެވެ.

ރައީސް އެ ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިހާރު ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށައިފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top