އޭދަފުށީގައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވަނީ

DSC07139.jpg

އޭދަފުށީގައި ވަރަށް އަވަހަށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއްހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު ޢަބްދުﷲ ސައުދާން ވިދާޅުވެއްޖެ އެވެ.

އުސްތާޒް ޝައުދާން މިފަދައިން ވިދާޅުވީ މިއަދު ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) އިން ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

”މިރަށުން ހަމަ ޤުރްއާން އުނގަންނައިދޭ ޓީޗަރެއް ލިބެން ހުރިނަމަ އެ ޓީޗަރެއް މިކޮޅުން ހަމަޖައްސާނީ. ނެތިއްޖެ ކަމަށްވާނަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭރުން ޓީޗަރެއް ގެންނާނީ. އެކި ޤިރާއަތްތަކަށް ކިޔަވައިދޭން އެނގޭ، އަދި އަރަބި ބަސްވެސް އުނގަންނައިދެވޭ މީހަކު މިތާގައި (އޭދަފުށީގައި) ބަހައްޓާނީ، މިރަށުގެ ކުދިންނަށް ޤުރުއާން އުނގަންނައިދިނުމަށްޓަކައި،“ ސައުދާން

ސައުދާން ވިދާޅުވީ، އޭދަފުށީގައި ހުޅުވާ މި ގޮތްޕަށް ބޭނުންވާ ޓީޗަރުން ހޯދުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މި ރަށުގެ މުދައްރިސުންނަށް ކަމަށެވެ.

ހަމައެހެންމެ މި މަރުކަޒުން ދޭ ޚިދުމަތްތައް އޭދަފުށީގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކަށްވެސް މިކަމުގެ ފައިދާ ޝާމިލުވާނެ ގޮތަށް މި މަސައްކަތް ބައްޓަން ކުރައްވާނެ ކަމަށް ސައުދާން ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top