ގްރޭޑް 6ގެ ދަރިވަރުންނަށް އާ އިމްތިހާނެއް ބާއްވަނީ

ބ.އަތޮޅު-ތައުލިމީ-މަރުކަޒު-scaled.jpg

ފެންވަރު ވަޒަންކުރަން ގްރޭޑް 6 ގެ ދަރިވަރުންނަށް މި އަހަރު އާ އިމްތިހާނެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފަށާ ތައުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުން ހަރުދަނާ ގޮތެއްގައި މިންކުރެވިފައި ނެތް ކަމަށެވެ.

މަރުހަލާ ނިންމައި ހާސިލުކުރަން ގައުމީ މަންހަޖުގައި ހިމަނާފައިވާ ބައިތައް ހާސިލުވާ މިންވަރު ދެނެގަތުމަށްޓަކައި ފަށާ ތައުލީމު ނިންމައި ދަރިވަރުންގެ ތެރެއިން ކީ ސްޓޭޖް1 އަދި ކީ ސްޓޭޖް 2ގެ ދަރިވަރުންނަށް މިދިޔަ އަހަރު އާ އިމްތިހާނެއް ޓެސްޓު ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“ގައުމީ މަންހަޖުގެ އިމްތިހާނުގެ ނަމުގައި މި އަހަރުން ފެށިގެން ދޭން ނިންމާފައިވާ އެ އިމްތިހާނުގެ ނަތީޖާއާ އެކު ރާއްޖޭގެ ދަރިވަރުންގެ ފެންވަރު އެހެން ގައުމުތަކުގެ ދަރިވަރުންނާ އަޅާކިޔޭނެ،” ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން ފަށާ ތައުލީމުގެ މުގައްރަރުތައް މުރާޖާކޮށް ކަރިކިއުލަމް އިންޓަގްރޭޝަން މޮޑަލްއެއް ތައްޔާރުކުރުމާ އެކު ކީ ސްޓޭޖް 1ގެ ދަރިވަރުންގެ ފޮތްތައް ތީމެޓިކް ފޮތްތަކުގެ ގޮތުގައި އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“ނަތީޖާއަކަށް ވާނީ އެކިއެކި މާއްދާތަކުގައި ކިޔަވާ ފިލާވަޅުތައް ގުޅުވާލެވި ދަރިވަރުންނަށް ފިލާވަޅުތައް ދަސްކުރަން ފަސޭހަވާނެހެން އުނގެނުމާއި އުގަންނައިދިނުން ބައްޓަންވުން،” ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި އެ އިމްތިހާނު ޓެސްޓު ކުރުމަށް ދީފައި ވަނީ ގްރޭޑް 6ގެ ދަރިވަރުންނަށެވެ. އެ އިމްތިހާނު ދީފައިވަނީ ފަސް މާއްދާއިންނެވެ. އެއީ ދިވެހި، އިސްލާމް، ހިސާބު، އިނގިރޭސި އަދި ސައިންސް މާއްދާއިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top