ކަމަދޫ ”ކާނި ބީޗު“ ހުޅުވައިފި

ހޔހތތތތ.png

ބީޗަކުން ލިބެންހުންނާނެ ހުރިހާ ޚިދުމަތަކާއެކު ބ. ކަމަދޫގެ ވޯޓާޕާކާއި “ކާނި ބީޗު” އިއްޔެ ހުޅުވައިފިއެވެ.

ހުރިހާ އުމުރުފުރައަކަށް ވެސް ހިތްހަމަޖައްސައިލެވޭ ގޮތަށް ގިނަ ވަސީލަތްތަކާއެކު ކަމަށް އެރަށު ކައުންސިލުގެ ރައީސް ހަސަން ޒަރީރު ވިދާޅުވި އެވެ.

ކައުންސިލުގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ ހުރިހާ އުމުރުފުރައަކަށް ޚާއްސަކޮށް ގޮނޑިއާއި، މޭޒާއި، ޖޯއްޔާއި، އުނދޯލީގެ އިތުރުން ހަޓުތައް ވެސް ބީޗުގައި ހުންނާނެ ކަމަށެވެ. ހަމައެއާއެކު ބާބަކިއު ހަދާ ފަރާތްތަކަށް ޚާއްސަކޮށް އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެ ކަމަށާއި އިތުރަށް މަސްކަނޑާ ތަނެއްވެސް ތަރައްގީކޮށްފައި ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މޫދަށް އެރޭ ފަރާތްތަކަށް ފެންވެރުމުގެ އިންތިޒާމުވެސް ބީޗުގައި ހަމަޖެހިފައިވާނެއެވެ. އަދި ކުޑަކުދިންނަށް ކުޅެވޭ ގޮތަށް ވޯޓާ ޕާކެއް ތަރައްގީކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

މިލިއަނެއްހާ ރުފިޔާގެ މި ޕްރޮޖެކްޓަށް، ކައުންސިލްގެ ބަޖެޓުން ހަތަރުލައްކައާއި ބައިމިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވި ކަމަށް، ޒަރީރު ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ މި ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިޔައިރު ޓޫރިސްޓް ބީޗެއް މި ރަށުގައި ކަނޑައެޅިފަ އެބައޮތް. ނަމަވެސް އަޅުގަނޑުމެން މި ދައުރުގެ ހުވާކޮށްފަ ފަސް އަހަރުގެ ތަރައްގީ ޕްލޭން ރައްޔިތުންނާ މަޝްވަރާކޮށްފަ ހެދިއިރު [އެނގުނީ] އާންމުން މަޖާކޮށްލައި މޫދަށް އެރޭނެ ސަރަހައްދެއް ނެތްކަން،“ އޭނާ ވިދާޅުވިއެވެ.

ޗުއްޓީގައި ފަތުރުވެރިންނާއި ދިވެހީން ކަމަދުއަށް ޒިޔާރަތްކުރާކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ މިދިޔަ ހަފުތާގައި 300އެއްހާ ގެސްޓުން އެ ރަށަށް ޒިޔާރަތްކުރި ކަމަށެވެ. ހަމައެއާއެކު މި ލޯކަލް ބީޗާއި ވޯޓާޕާކު ހުޅުވުމުގެ ސަބަބުން ރަށަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top