މޯލްޑިވިއަނުން އަލަށް ހޫލުވާލި ފެއާއެއްގައި ސްރީލަންކާގެ ކޮލަމްބޯއަށް ކުރާ ދަތުރުގެ ޓިކެޓުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.
މޯލްޑިވިއަނުން ވިދާޅުވީ އެ ފެއާގައި މާލެއިން ކޮލަމްބޯއަށް ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 99 ޑޮލަރު ކަމަށެވެ. އެ ފެއާ އޮންނާނީ ޑިިސެމްބަރު މަހުގެ 7 އާއި 9 ވަނަ ދުވަހު ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. މި ދެ ދުވަހު މޯލްޑިވިއަން ފްލައިޓުގައި ކޮލަމްބޯއަށް ދަތުުރުކުރާ ކޮންމެ މީހަކަށް 35 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ދޭތެރެ ދޭތެރެއިން އަގުހެޔޮ ކުރަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރު ކުރާ ފަރާތްތަކަށް އަތްފޯރާ އަގެއްގައި ދަތުރުކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.






