އިހަވަންދޫގެ ހާފިޒާ, ރައްޔާ އަށް ކައުންސިލުން ބައިލައްކަރުފިޔާގެ ހިތްވަރުދިނުމުގެ އިނާމެއް

photo_2025-11-03_19-34-43-re604h655q7b5slj12vuxepmf7b04jtd7rq25gy07o.jpg

ހާފިޒު ރައްޔާ އާއި އިސްލާމިކް މިނިސްޓަރު ޝަހީމް ބައްދަލުކުރެއްވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އުމުރުން އެންމެ 20 އަހަރުގައި ކީރިތި ޤުރްއާން ހިތު ދަސްކޮށް ހާފިޒްކަމުގެ ސަނަދު ހޯދާފައިވާ، ހއ.އިހަވަންދޫ ނޫތަރި، މަރްޔަމް ރައްޔާ އަޙްމަދަށް އިހަވަންދޫ ކައުންސިލުން ބައިލައްކަ ރުފިޔާގެ ހިތްވަރުދިނުމުގެ އިނާމެއް ދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރައްޔާ ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡުކަމުގެ ސަނަދު ހާސިލުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ރައްޔާ އާއި ރައްޔާގެ ޢާއިލާ އާއި ބައްދަލުކުރައްވާ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ.

ރައްޔާ އަކީ އިހަވަންދޫގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡާކަމުގެ ސަނަދު ހާސިލުކުރި ޙާފިޡެވެ.

ރައްޔާގެ މި ކާމިޔާބީ އަށް އިހަވަންދޫ ކައުންސިލުން ވަނީ މަރުޙަބާ ކިޔައި ޢާއިލާ އަށް ތަހުނިޔާ ފޮނުވާފައެވެ.

ރައްޔާގެ މި ކާމިޔާބީ އާއި ގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ”ތިލަދުން” އަށް ވިދާޅުވީ، ރައްޔާގެ މިކާމިޔާބީ އަކީ ރަށަށް ލިބުނު ބޮޑު ޝަރަފަކާއި ފަޚުރެއްކަމަށެވެ. އަދި ޙާފިޡު ކަމުގެ ސަނަދު ހޯދާ ރަށުގެ ދަރިންނަށް އެފަދަ ކޮންމެ ޙާފިޡަކަށް 50،000 ރުފިޔާގެ އިނާމަށް ދިނުމަށް ކައުންސިލުން ނިންމާފައިވާތީ، އެ އިނާމް ފުރަތަމަ ހާސިލްކުރާ ޙާފިޡާއަކީ ރައްޔާކަން ސަބާހް ފާހަގަކުރެއްވި އެވެ.

ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ފަރާތްތަކަށް ދެމުން އަންނަ އެލަވަންސް ބޮޑުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން މި އަހަރުގެ އޯގަސްޓް މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވަނީ 4000 ރުފިޔާއަށް ބޮޑުކޮށްފައެވެ. ކުރިން ހާފިޒުންނަށް ސަރުކާރުން ދެމުން އައީ 2000 ރުފިޔާގެ އެލަވަންސްއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top