ބ. ހިތާދޫގައި 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު. ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަހުމަދު ސައުދީ އެވެ.
ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކައި، ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 25 މީޓަރުގެ ހަ ފައިކަށިލުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.
މަސައްކަތް ފަށާތާ 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫއުގެ އަގަކީ 137 މިލިއަން ރުފިޔާ އެވެ.
މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 137 މިލިއަން ރުފިޔާއަށް، 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫއަކީ ހިތާދޫ ރައްޔިތުންނަށް ވަރަށް މުހިންމު، ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫއެކެވެ.







