”ވަމުން މިދަނީ ބ އަތޮޅުގައި އާރުޓީއެލް ޚިދުމަތް ފެށުމުގެ ފަހުގެ ތައްޔާރީތައް“

419049_4_518b851a25e56def0dd9909ff2ebef7d0c88311a_large.jpeg

އެމްޓީސީސީގެ ހައި ސްޕީޑް ފެރީ، "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ފެރީތައް.-- ފޮޓޯ: އެމްޓީސީސީ

މިހާރު ވަމުން މިދަނީ ބ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތްފެށުމުގެ ފަހުގެ ތައްޔާރީތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގަައި ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ފަށާނެ ކަމަށެވެ. ބ. އަތޮޅުގައި އެ ހިދުމަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ ޕޯސްޓުގައި ރައީސް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރުޓީއެލް ފެރީ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދާ އެއްގޮތަށް މިއަދު އެ އަތޮޅު އެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

”މި ހިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން،“ ރައީސް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރި ގޮތުގައި އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ރ. އަތޮޅުގެ ރައްޔިތުންނަށް ފެރީގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

އެއަށް ފަހު އާރްޓީއެލްގެ ހިދުމަތް ލިބޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.

މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާއިރު، އެ ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. ރ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު ވަނީ 10 އަކަށް އަރައިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top