ހއ. އިހަވަންދޫގައި، ”އިހަވަންދޫ ސްކޭމެއްގައި ނުޖެހޭނެ“ ނަމުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް މިރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފި އެވެ.
މި ޕްރޮގްރާމަކީ ހއ.އަތޮޅު ކައުންސިލާއި ހއ.ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އިހަވަންދޫގައި ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ އިހަވަންދޫ ކައުންސިލުން ބުނިގޮތުގައި ވިލުންވެރި މުޖުތަމައެއް ބިނާކުރުމާއި، މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް އިހަވަންދޫ ކައުންސިލުން ދައުވަތު ދީފައިވެއެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ބޮޑުވެ ސްކޭމްތަކުން ރައްޔިތުން ސަލާމަތްކުރުމަށް ފުލުހުން އަންނަނީ ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.






