ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަމެއް: ޚުތުބާ

413454_3_59939527150385d0fd96808baa3cfb1edc71b98a_large-1.jpg

އޭދަފުށި، މަސްޖިދު މުހައްމަދު އަލީ

ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާ އަދި އެއީ ކަށްވަޅުގެ އެކަނިވެރިކަމުންނާއި، ޢަޛާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

”ތަޤުވާވެރިންނަކީ މާތް الله ހަނދުމަކުރާ މީހުން“ މި މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، މާތް اللهއަށް އީމާންވުމަށް ފަހު، އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދު ކަމަށެވެ.

އަދި މި އުންމަތަށް ނަމާދު ފަރުޟު ކުރެއްވުނީ، ކީރިތި ނަބިއްޔާ محمد ﷺ އާއިގެން مِعْرَاجُ ކުރެއްވުނު ރޭ، މެދުވެރިޔަކު ނެތި، ސީދާ އެ ކަލޭގެފާނަށް މާތް الله ބަސް ވަޙީކުރައްވައިގެން ކަން ފާހަގަކޯސް ޚުތުބާގައި ބުނީ އަޅާގެ ޢަމަލުތަކުގެ ތެރެއިން، ޤިޔާމަތް ދުވަހު، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި ކަމަށެވެ.

”ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަށްވަޅުގެ އެކަނިވެރިކަމުންނާއި، އަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ގިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.“ ޚުތުބާގައި ބުނެފައި ވެއެވެ.

މާތް اﷲ ހަނދުމަކުރުމާއި، ނަމާދު ގާއިމު ކުރުމާއި، ހެޔޮ އަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާހިޝް އަމަލުތައް ކަން ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ އޭގެ ތެރޭގައި ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާހިޝް އަމަލުތައް ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top